ads
ގުޅިފަޅު
ޖީއެމްއައިޒެޑުގެ ކުލީ ބިންތަކުގެ މަހު ކުލިން 30 އިންސައްތަ ކުޑަކޮށްފި
ގްރޭޓާ މޭލެ އޭރިޔާގައި ޖީއެމްއައިޒެޑުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މަހު ކުލި 30 އިންސައްތަ ކުޑަކުރަން ނިންމައިފި އެވެ.

ޖީއެމްއައިޒެޑުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު ވިދާޅުވީ ކ. ތިލަފުއްޓާއި، ގުޅީ ފަޅުން ބިން ނުވަތަ އެޕާޓްމަންޓުތަކުގެ ކުލި ތިން މަސް ދުވަހަށް ކުޑަ ކުރަން ނިންމީ ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޯރޯނާ ވައިރަހާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް ލުއެއް ދިނުމަށެވެ.

"އެގޮތުން މި ދަނޑިވަޅުގައި ދިމާވާ ދަތިތަކަށް ލުއި ހޯދައިދިނުމަށް މިއަދުން ފެށިގެން މަހު ކުލިން 30 އިންސަތަ ކުޑަކުރަން މިހާރުވަނީ ނިންމާފައި،" އެމްޑީ ވިދާޅުވި އެވެ.

އަދި އެކަމާ ގުޅޭ ގޮތުން މައުލޫމާތު ބޭނުންވާ ފަރާތްތަކުން [email protected]  އަށް މެއިލް ކުރުމަށް އެ ކުންފުނިން ބުނެއެވެ.

ކޯރޯނާ ވައިރަހާ ގުޅިގެން  ގައުމުގެ އިގްތިސޯދަށް ގެއްލުންވަމުންދާ މި ދަނޑިވަޅުގައި އަމިއްލަ ފަރާތްތަކުންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް ލުއި ދިނުމަށް  ކުލި ކުޑަކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ބައެއް ވިޔަފާރިވެރިންވެސް އަސާސީ ތަކެތި ހެޔޮ އަގުގައި ވިއްކާނެކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް