ޕީޕީއެމް ޕީއެންސީ މަޖިލިސް އިންތިހާބުގެ ތަރުޖަމާނުގެ ހައިސިއްޔަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހީނާ ވަނީ ޕީޕީއެމް ޕީއެންސީ އަކީ ގުޅިގެން ހިންގަމުން ގެންދަވާ ދެ ޕާޓީ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ޕާޓީގެ މަސައްކަތްތަށްވެސް ކުރިއަށް ގެންދަވަނީ ދެ ޕާޓީގެ ލީޑާޝިޕްގެ މަޝްވަރާގެ ދަށުން ކަމަށް ހީނާގެ ވާހަކަފުޅުގައި އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ދެ ޕާޓީގެ ހުރިހާ މަސައްކަތްތަށްވެސް ކުރަނީ ވަރަށް ބޮޑަށް މަޝްވަރާ ކުރައްވައި ގުޅިގެން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ވަރަށް މުހިއްމު އިންތިހާބެއް ކަަމަށްވެސް ހީނާ ވަނީ ވާހަކަފުޅުގައި ފާހަގަކުރައްވާފަ އެވެ.
އެގޮތުން އިންތިހާބުގެ ބައެއް ކަންކަމުގައި ޕާޓީގެ ނިންމުންތައް ހުންނާނެ ކަމަށް ވިދާޅުވެ ހީނާ ވަނީ އެފަދަ ކަންކަމުގައި ރައީސް ޑރ. މުއިއްޒު އަމުރު ކުރައްވަމުން ގެންދަވަނީ ސުލޫކީ ގަވައިދާ ހިލާފަށްކަން އޭނާ ގަބޫލްފުޅު ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ.
ހީނާ ވިދާޅުވީ ޕީއެންސީގެ ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސް، އެހެން ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އިންތިހާބު ޕީއެންސީ އަށް ކާމިޔާބު ކުރެވޭނެ ފޯމިއުލާއަކަށް ބަލައި އެހެން ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމަނީ ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޝްވަރާއަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 21 ގައެވެ. އަދި މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ.