ads
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އަވަހަށް އެންޓި ޑިޕެކްޝަން ބިލް ތަސްދީގުކުރެއްވުން އެދެން: ޝަހީދު
ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތް ހަދަން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ލަސްނުކުރައްވާ ތަސްދީގުކުރެއްވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށައެޅި މި ބިލް މަޖިލީހުން މިއަދު ފާސްކުރީ 33 މެމްބަރުންގެ ވޯޓާއި އެކުއެވެ. ބިލާއި ދެކޮަޅަށް 6 މެމްބަރަކު ވޯޓްދެއްވިއެވެ. 

އިންތިހާބުވާ ޕާޓީ ބަދަލުކޮށްފިނަމ ގޮނޑި ގެއްލޭގޮތަށް ހުށައެޅި ބިލް މަޖލީހުން ފާސްކޮށްފައިވަނީ ކޮމެޓީ މަރުހަލާގައި ގެނައި ގިނަ އިސްލާހުތަކާއިއެކުއެވެ. މިހާރު ބިލް އޮތްގޮތުން ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން ޖެހޭނީ އަމިއްލައަށް އިސްތިއުފާ ދޭށެވެ. 

މި ބިލު ފާސްވުމުން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އިސްނަގައިގެން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ބިލަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ހަރުދަނާކުރުމަށާއި ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެެއްކަމަށެވެ. އަދި މިއީ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ބިލެެއްކަން ފާހަގަކުރައްވަމުން މި ބިލް ތަސްދީގު ކުރެއްވުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

" ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން، އެއިންތިޚާބުކުރި ޕާޓީގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ލިބި، އަދި ބަދަލުކޮށްފިނަމަ އެރައްޔިތުންނަށް އެކަމުގައި އިތުރަށް ބަސްބުނެވޭނެކަމުގެ ޔަޤީންކަން ލިބުމަކީ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެެއް. ލަސްނުކުރައްވާ މިބިލް ތަސްދީޤުކުރެއްވުމަށް ރައީސް ޑރ މުޢިއްޒުއަރިހުން އެދެން!." އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އަހުމަދު ހުށައެޅުއްވި ބިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައި ވިޔަސް އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މާއްދާގައި ބަޔާން ކުރުމެވެ. އެގޮތުން އިސްތިއުފާ ދޭންޖެހޭނެ ތިން ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ

ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތުގަ އާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތުގަ އެވެ.

މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިހުތިޔާރީކަމެއްގެ ގޮތަށް ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުފާ ނުދީފި ނަމަ ވާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްފައެއް ނެތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް