ސައީދު މިހެން ވިދާޅުވި އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރަން ޗައިނާގެ ކުންފުންޏަކާއި އެކި ސަރުކާރުން އެކުލަވާލި އެއްބަސްވުން ބާތިލު ކުރާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވުމުންނެވެ.
ރާއްޖޭގެ އޮންލައިން ނޫހަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އުތުރުތިލަފަޅު ދޭން ޗައިނާއާ އެކުވެފައިވާ އެއްބަސްވުން ބާތިލުކުރާނީ އެތަނަކީ މާލޭ ރައްޔިތުންނަށް ގޯތި ދޭ ތަނަަކަށް ހެދުމަށްކަމަޑށެވެ. އެހެންނަމަވެސް ޗައިނާ ކުންޏަށް އެކަން އަންގާނީ އެއްބަސްވުންތަކުގެ ތަފްސީލު ލިބޭތޯ ބެލުމަަށްފަހުގައިކަމަށެވެ.
ފައްޔާޒުގެ މި ވާހަކަތަކަށް ރައްދުދެއްވަމުން ސައީދު ވިދާޅުވީ އެގްރިކަލްޗަރ ޒޯން ވެގެންދާނީ އާދަޔާއި ހިލާފު އެންމެ މިޒަމާނުގެ ޓެކްނޮލޮޖީން މުއްސަނަދި ފަރުވެރިވި ބިޔަ މަޝްރޫއަކަށް ކަމަށެވެ. އެކްސްގައި އެމްޑީޕީއަށް ރައްދުދެއްވަމުން ސައީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުމުން މި ފަހަރުވެސް ކުރިކަމަކީ ގައުމު ބަންގުރޫޓްކޮށްލުން ކަމަށެވެ.
އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން ހަވާލުކުރީ ޗައިނާ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގެ ދަށުން ތިލަފަޅުގައި ގާއިމުކުރާނީ އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއްކަމަށެވެ. އަދި މި މަޝްރޫގެ ދަށުން އެތަން ވެގެން އެއީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކުރާ ހާއްސަ ސަރަހައްދަކަށެވެ.