ads
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އީދު ބަންދު ނިމެންދެން މަޖިލިހުގެ ޖަލްސާތައް ދެން ނުބާއްވާނެ
ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ވެސް އެ މުއްދަތުގައި ނުބޭއްވުމަށް ނިންމައިފި އެވެ.

މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ މަޖިލިހުގެ ޖަލްސާތައް ދެން ކުރިއަށްގެންދާނީ އީދު ބަންދުގެ ފަހުން ކަމަށެވެ. އަދި ދެން މަޖިލިހުގެ ޖަލްސާއެއް ބާއްވާނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން މި ރަމަޟާން މަހުގެ ފަހު 10އަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައި، ވީމާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ދެން ކުރިއަށް ގެންދާނީ އީދު ބަންދުގެ ފަހުން ކަމުގައި ދަންނަވަން." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އެއީ މަޖިލިހުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތަށް ބަލައިގެން، ރަސްމީ ދުވަސްތަކުގައި ޖަލްސާ ބޭއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމުގަ އެވެ. 

މީގެއިތުރުން މަޖިލިހުގެ މުވައްޒަފުންގެ ގަވައިދުގައި ވެސް މުވައްޒަރުންގެ މަސައްކަތު ގަޑިއަކީ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އަސްލަމް ފާހަގަކުރެއްވި އެވެ.

ސަރުކާރުން ވަނީ ރޯދަ މަހުގެ ފަހު 10 އަޅުކަމަށް ހާއްސަކުރުމުގެ ގޮތުން އެ ދުވަސްތައް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އަދި އެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، އަޅުކަން ގިނަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް