ads
ދަމު ނަމާދަށް ހުރި އަންހެނެއްގެ ވޮލަޓާއި ފޯން ވަގަށްނެގި ބަޔަކު ހޯދައިފި
ދަމު ނަމާދަށް ހުރި އަންހެންނެއްގެ ދަބަހުން ވޮލެޓާއި ފޯން ވަގަށް ނެގި ބަޔަކު ފުލުހުން ހޯދާ ހައްޔަރުކޮށްފިއެވެ.

ބާ އިންޖީނުގޭގައި މަގުގައި ހުންނަ  ސަލާހުއްދީން މިސްކިތުގައި ދަމު ނަމާދަށް ހުރި އަންހެނެއްގެ ވޮލެޓްގައި އޮތް 700 ރުފިޔާ އާއި ފޯން ވަގަށް ނޭގީ ރޭގެ ވަގުތެެއްގައެވެ. 

މި ވައްކަމުގެ ރިޕޯޓް ރޭ ދަންވަރު ލިބުމުން އެ މައްސަލަ ބަލާ އެކަން ކުރި މީހުން މިއަދު ހެނދުނު އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ 2 ފިރިހެނުންނެވެ.

ކޮންމެ ރޯދަމަހަކީވެސް ވައްކަން އިތުރު މަހަކެވެ. މި ރޯދަ މަހު މިސްކިތްތަކުގައި ހުންނަ މުދާތައް ވަގަށް ނެގުންވަނީ އިތުރުވެފައެވެ. އެގޮތުން މިސްކިތްތަކުން ފައްކާ ވަގަށް ނެގުންވަނީ އިތިރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް