އެއްވެސް ގައުމަކަށް ސަފީރަކު އައްޔަން ކުރައްވަން ބޭނުންފުޅުވާނަމަ އެ ނަމެއް ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
އަދި މަޖިލީހަށް ހުށަހަޅުއްވާ ނަންތައް ދިރާސާކޮށް، އެ ބޭފުޅުންނާ އިންޓަވިއު ކުރުމުގެ ކަންކަން ކުރިއަށްދާނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.
ގާނޫނުއަސާސީ އާއި ފޮރިން ސާވިސް ގާނޫނުގެ ދަށުން ސައުދީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ތޯހާ އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިިލިހަށް ފޮނުއްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.