ads
ޕީއެންސީން މިއަދު ބޭއްވި ޖަލްސާގައި ހީނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެންސީ
ޔާމީން ވިދާޅުވީ ޖަމީލާ މަލީހު މުޒާހަރާއަށް ނުދާ ވާހަކަ:ހީނާ
ރައީސް ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ޕީޕީއެމް / ޕީއެންސީ ކުރި މުޒާހަރާތަކުގައި ޕާޓީގެ ލީޑަރުން ބައިވެރިނުވާކަމަށް އެމަނިކުފާނު ވިދާޅުވި ވާހަކަތަކަށް އެކޯލިޝަންގެ ތަރުޖަމާނު ރައްދުދެއްވައިފިއެވެ.

އާރަށް ކުއްޔަށް ދިނުމުގައި މަނީލޯންޑަރިންނާ ރިޝްވަތުގެ ކުށުގައި ރައީިސް ޔާމީން ޖަލަށްލުމުން ޕީޕީއެމް/ ޕީއެންސީ އެމަނިކުފާނު މިނިވަންކުރަން ގޮވާލާ ކޮންމެ ރެއަކު މުޒާހަރާކުތަމުންދިޔައެވެ. މަދު އާއްމު މެމްބަރުން ކޮޅެއް ބައިވެރިވަމުން އައި މުޒާހަރާތަކުގައި މަދުން ނޫނީ އެ ދެޕާޓިގެ ލީޑަރ ޝިޕް ފެނިފައެއްނުވެއެވެ. 

ރައީސް ޔާމީން އުފައްދަވަން މަސައްކަތް ކުރާ ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި މި މުޒާހަރަކާތަކާއި ގުޅުވާ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ މުޒާހަރާތައް ކުރިޔަށް ދިޔަގޮތް ޖަލުގައި ހުރި އިރު ފެނިވަޑައިގެންނެވިކަމަށެވެ. އަދި މުޒާހަރާތަކަށް ނުނިކުންނަ މީހުން ލީޑަރޝިޕްގައި ތިބިކަން ފާހަގަކުރައްވަމުން މުޒާހަރާއަށް ނުކުތް ބައެއް މީހުން މުޒާހަރާއަށް ނުކުތު ނުދިނުމަށް ޕާޓީގެ ބައެއް ވެރިން ފައިސާ ހުށައެޅިކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. 

މަޖިލިސް އިންތިހާބާއި ދިމާކޮށް މަޖިލިސް އިންތިހާބަށް ތަރުޖަމާނެއް ކަނޑައަޅާ މިހާރު ކޮންމެ ދުވަހަކު ޕީޕީއެމް / ޕީއެންސީ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވަނީ ރައީސް ޔާމީންގެ މިވާހަތަކަށް ތަރުޖަމާނު ހީނާ ރައްދުދެއްވާފައެވެ. ހިނާ ވިދާޅުވީ މުޒާހަރާއަށް ނުނިކުންނަ ކަމަށް ރައީސް ޔާމީން އެ ވިދާޅުވަނީ މިހާރު އެންމެ އަރިހުގައި ތިބި ދެ ބޭފުޅުންގެ ވާހަކަތައް ކަމަށެވެ. 

"އަޅުގަނޑަށް ހީވަނީ އެ ވިދާޅުވި ވާހަކަފުޅަކީ މިހާރު އެންމެ އަރިހުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ޑރ. ޖަމީލާއި މަލީހް މުޒާހަރާގައި ބައިވެރިނުވާ ވާހަކަ ހެން ހީވަނީ،" ޔާމީނަށް ރައްދު ދެއްވާ ތަރުޖަމާނު ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އޭރު ކުރި މިޒާހަރާތައް ދިޔައީ ރޭވިގެން ތަފާސް ހިސާބުތައްވެސް ބަލަހައްޓަމުންކަމަށެވެ. އެގޮތުން ކޮންމެ ރެއަކަު މުޒާހަރާއަށް ނުކުން މީހުންނާއި ލީޑަރ ޝިޕުން ނުކުތީ ކޮންބައެއްކަމާއި ކޮންމެ ރެޔަކު ހައްޔަރު ކުރީ ކިތަން މީހުންތޯ ހިސާބުތަކުން ބަލަހައްޓާ ފެންނަން ހުންނާނެކަމަށް ހިނާ ވިދާޅުވިއެވެ. 

ފަހަކަށް އައިސް ރައީސް ޔާމީނާއި ޕީޕީއެމް / ޕީއެންސީގެ ލީޑަރ ޝިްޕުގައި ތިބި މީހުން މީހުންގެ މެދުގައި ބަހުގެ ހަމަލާތައް ދީ ރައީސް ޔާމީންނަށް ރައްދުދިނުން ވަނީ އިތުރުވެފައެވެ. 

މިދިޔަ ރިޔާސީ އިންތިހާބު ދުވަސްވަރު ރައީސް ޔާމީން މަސައްކަތް ކުރެއްވީ ޕާޓީއަށް ރައްޔިތުންނަށް އެއްވެސް އިހްލާސްތެރިކަމަށް ނެތި އަމިއްލަ ފައިދާއަށްް ކަމަށް ވިދާޅުވެ އޭރު އެމަނިކުފާނުގެ އެންމެ އަރިސްކޮށް ހުންނެވި މިހާރު ރައީސްގެ ހާއްސަ މުޝީރު އަބްްދުﷲ އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުން ބޭފުޅުން ތިއްބެވުމުން ޕީޕީއެމް / ޕީއެންސީގެ ލީޑާޝިޕްގައި އެމަނިކުފާނު ޖަލުން ސަލާމަތްވާން ބޭނުންވާ އެއް ބޭފުޅަކު ނެތްކަން މިހާރު ސާފުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް އެހާ ފަނޑުކޮށް މުޒާހަރާތައް ގެންދިޔައީ އެހެންވެގެން ކަމަށް ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އެގޮތަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަން ވެސް ހަގީގަތުގައި ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ރައްދެއް ދޭން ޖެހުނީ ނޫސްވެރިން ސުވާލު ކުރާތީ ކަމަށެވެ.

ވ. އާރަށު މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ޑިސެމްބަރު 25، 2022 ގައެވެ. އޭގެ ކުރިން ގއ. ވޮޑުމުލާ މައްސަލައިގައި ފަސް އަހަރަށް ޖަލަށްލާން ހުކުމެއް ކުރި އެވެ. އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ލީޑާޝިޕުންނާއި ސަޕޯޓަރުން ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ވަނީ ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް