ads
ނޭމާ ސަންޓޯސްއަށް ކުޅުނު ދުވަސްވަރު
ނޭމާ އަންނަ އަހަރު ބްރެޒިލަށް ބަދަލުވުމުގެ ވާހަކައެއް
ސައުދީ އަރަބިއްޔާގެ އަލް ހިލާލްގެ ކޮންޓްރެކްޓް ހަމަވުމުން އެނބުރި ބްރެޒިލްއަށް ގޮސް ކުރީގެ ކްލަބު ސަންތޯސްއާ ގުޅިފާނެ ކަމުގެ ވާހަކަތަކެއް ނޭމާ ދައްކައިފިއެވެ.

އަނިޔާގެ ސަބަބުން މި ވަގުތު ކުޅުމާ ދުރުގައި ހުރި ނޭމާ، އޭނާއާ ސައުދީ އަރަބިއްޔާގެ އަލްހިލާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަންގެ ނިޔަލަށް ހަމަވުމުން، ދެން އެނބުރި ދާނީ އަމިއްލަ ގައުމަށް ކަމަށް ބުނީ، ސަންތޯސްގެ ކުޅުންތެރިންނާ ބައްދަލުކޮށް ދެއްކި ވާހަކައިގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ސަންތޯސްއަކީ ނޭމާ ކުޑައިރުގެ ކްލަބެވެ. ސްޕެއިންގެ ބާސެލޯނާއަށް ނޭމާ ބަދަލުވީ ބްރެޒިލްގެ ސަންތޯސްއިންނެވެ. 

އަންނަ ސީޒަންގެ ނިޔަލަށް ހިލާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު، ކޮންޓްރެކްޓް އާނުކޮށްފިނަމަ ނޭމާ ފްރީ އެޖެންޓެއްގެ ގޮތުގައި ބޭނުން ކުލަބަކަށް ބަދަލުވެވޭނެއެވެ.

އުމުރުން 32 އަހަރުގެ ނޭމާ، ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކުރުމަށް ފަހު ކުޅުމާ ދުރުގައި ހުންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. 

މި މުއްދަތުގެ ތެރޭގައި އޭނާވަނީ މިދިޔަ ހަފްތާގައި އެމެރިކާއަށްވެސް ގޮސްފައެވެ. އެމެރިކާއަށް ކުރި ދަތުރުގައި އޭނާވަނީ އޭނާގެ ޒަމާންވީ އެކުވެރިޔާ މެސީ މިހާރު ކުޅޭ ކްލަބުގެ މެޗެއް ބެލުމަށްވެސް ގޮސްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ނޭމާ މިވަގުތު ހުރީ އަމިއްލަ ގައުމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް