ރިއާލް މެޑްރިޑުން ޔުނަައިޓެޑަށް ބަދަލުވި ވަރާންއަކީ މި ފަހުގެ ތާރީޚުގައި އުފެދުނު އެންމެ މޮޅެތި ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އެކަކެކެވެ. އޭނާ ބުނީ، ބޮލުން ޖެހުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި ބޮލުން ޖަހާ ޖަހާ މުޅި މީހާ ހަލާކުވެއްޖެ ކަމަށެވެ.
ވަރާން އިތުރަށް ކިޔައިދިން ގޮތުގައި ބޮލުން ޖެހުމަކީ އެކަމުގެ ސަބަބުން ވަގުތުން ގެއްލުންތަކެއް ނުލިބުނު ނަމަވެސް ގިނަ ދުވަސްތަކަކުން އެކަމުގެ ނުރައްކާ ކުރާނެ ކަމެކެވެ. އަދި އެކަމާ ގުޅޭ ގޮތުން ކުޅުންތެރިން ހޭލުންތެރިކުރަން ޖެހޭނެ ކަމަށް ވަރާން ބުންޏެވެ.
ބޮލުން ޖެހުމުގެ ސަބަބުން ބައެއް ފަހަރު ވާނުވާ ނޭގޭ ހާލަތަށް މީހާ ދާކަމަށްވެސް ވަރާން ބުންޏެވެ. ވަރާން ކިޔައިދިން ގޮތުގައި ވާނުވާ ނޭނގި، ބައެއް މެޗުތައް "އޮޓޯ ޕައިލެޓް" ގައި ކުޅެވިފައި އެބަހުއްޓެވެ.