ads
އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމްކުރުމާ ބެހޭ ޓާމް ޝީޓުގައި އެސްޓީއޯ އާއި ވިޓޯލްއާ ދެމެދު ސޮއިކުރުމުގެ ެރަސްމިއްޔާތުގެ ތެރެއިން
ބަންކަރިންގެ ހިދުމަތުގެ މެޕަށް ރާއްޖެ އަރައިފި
ބޮޑެތި ބޯޓިފަހަރަށް ތެޔޮ އަޅައިދޭ ބަންކަރިންތައް އަންގައިދޭ މެޕުގައި ރާއްޖެ ހިމަނައިފިއެވެ.

ބަންކަރިިން ހިދުމަތު ދޭ މެޕުގައި ރާއްޖެ ހިމެނުކަން ހާމަކުރައްވާ އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު މިރޭ ކުރެއްވި ޕޯސްޓެއްގައިވަނީ ވައިޓަލް ބަންކާސް މެޕުގައި ރާއްޖެ ހިމެނިފައިވާ ތަން ހާމަވާ ފޮޓެއް އެއް ހިއްސާކޮށްފައެވެ. 

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ސޮއިކުރީ މިިދިޔަމަހުގެ 13 ވަނަދުވަހުއެވެ. 

އެހެންނަމަވެސް ނަމަވެސް މި މަޝްރޫއު އާ ބެހޭ އިތުރު ތަފްސީލެއް ސަރުކާރަކުން އަދި ނުދެއެވެ. އަދި އެ މަސައްކަތް ފެށުމަށް ގާއިމް ކުރާ ވަސީލަތްތަކަށް ހިނގާނެ ހަރަދާއި އެކަމުގައި އެ ކުންފުނިން ހޭދަ ކުރާނެ އަދަދަކާއި އެސްޓީއޯއިން ކުރާނެ ހޭދައެއް އަދި ސާފެއްނުވެ އެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް އިގްތިސާދާއި  ބެހޭ ވަޒީރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް