ads
ޅ. ހިންނަވަރުގައި އެމްޑީޕީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ސޯލިހު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:އެމްޑީޕީ
މީޑިއާތައް އުވާލެވޭ ބިލަކީ ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް: ސޯލިހު
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މީޑިއާ ބިލަކީ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީިސަށް ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތް ހަދާ މީޑިއާތައް ކޮންޓްރޯލްކުރުމަށް އަނެއްކާވެސް ރައްޔިތުން މަޖިލިހަށް ބިލެއް މިވަނީ ހުށައަޅާފަ އެވެ، މިފަހަރުވެސް ހުށަހެޅުއްވީ ކުރިންވެސް މީޑއާތަކުގެ މިނިވަން ގެއްލޭގޮތަށް ބިލެއް މަޖިލިހަށް ހުށައެޅުއްވި ތުޅާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

މި ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ސޯލިހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މީޑިއާތައް އުވާލައި ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލުން މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ކަމަށެވެ.

"ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަން،" ސޯލިހު ވިދާޅުވި އެވެ.

އެ ބިލަށް ނޫސްވެރިންގެ ޖަމިއްޔާތަކާއި އިދިކޮޅުން ވެސް ފާޑުކިޔައި، އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އޮތް ބިލެއް ކަމަށް ވަނީ ސިފަކޮށްފަ އެވެ.

އެއީ މިނިވަން މެންބަރަކު ހުށަހެޅި ބިލެއް ނަމަވެސް، މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ ސަރުކާރުން ވަނީ ބިލަށް ތާއިދުކުރާކަން ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް