ads
ތައިވާނަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތެއް./ ފޮޓޯ:ޓިވީބީއެސް ތައިވާން
ޓައިވާނަށް ބާރުގަދަ ބިންހެލުމެއް، އެތައް ބަޔަކު އިމާރާތްތަކުގެ ދަށުވެފައި
ޓައިވާނަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމެއް އައި އެތައް ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެއްޖެއެވެ.

ޓައިވާންގެ ސެންޓްރަލް އިމަޖެންސީ ކޮމާންޑް ސެންޓަރު (ސީއީއޯސީ) އިން ބުނީ ބިން ހެލުން އައިސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައިމަަށެވެ. އަދި މި ބާރުގަދަ ބިންހެލުމުގައި 26 އިމާރާތެއް ވެއްޓި މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށެވެ.

ޓައިވާންގެ އިރުމަތީ އައްސޭރި ފަށަށް އައި މި ބިން ހެލުމުގެ އަސަރު ވަނީ އެގައުމުގެ މައި މަރުކަޒީ ޓްއަރިސްޓް ސިޓީއެއްކަމަށް ވާ ހުއާލިއަންވެސް ކޮށްފައެވެ. އެ ސަރަހައްދުންވެސް ބައެއް އިމާރާތްތައް ވެޓިފައިވާކަމަށް ހަބަރުތައް ބުނެއެވެ. 

މީ މިދިޔަ 25 އަހަރުގެ ތެރޭގައި ޓައިވާނަށް އައި އެންމެ ބާރުގަދަ ބިން ހެލުންކަމަށް އެގައުމުން ބުނެއެވެ. ބިން ހެލުމަށްފަހު އައި ގުޑުންތަކުގައިވެސް 6.5 މެގްނިޓިއުޑް ހުރިކަމަށް ހަބަރުތައް ބުނެއެވެ.

މި ބިން ހެލުމާއި ގުޅިގެން ޓައިވާނާ ޖަޕާންގެ އިތުރުން ފިލިޕީންސްގައި ވަނީ ސުނާމީ އިންޒާރު ދީފައެވެ. 

 ބިންހެލުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް ކެނޑި 91،000 އަށް ވުރެ ގިނަ ގޭބިސީއަށް ކަރަންޓު ނުލިބޭ ކަމަށްވެސް އެގައުމުގެކަމާއި ބެހޭ އިދާރާތަކުން ބުނެއެވެ. 

ތައިވާނުގެ ރައީސް ސައި އިންގް ވެން ވިދާޅުވީ ބިން ހެލުމުން ލިބުނު ގެއްލުންތައް ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް