ads
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަން ސޮއިކޮށްފި
ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ފުވައްމުލަށް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަހުމަދު މުބީން އެވެ.

މަޝްރޫއު ކުރިއަށް ގެންދިއުމަށް ބިން ހަމަޖައްސާފައިވަނީ ފުވައްމުލައް އެއާޕޯޓާ އިންވެގެން އޮންނަ ހުސް ބިން "ބިޅިފޭށި" ސަރަހައްދުންނެވެ.

މޭޔަރު ވިދާޅުވީ ދެ އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން 12 ހެކްޓަރުގެ ބިމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމާއި، މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނީ ރީޖަނަލް އެއާޕޯސް ކުންފުނިން ކަމަށެވެ.

your imageފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

މި އެއްބަސްވުމުގެ ދަށުން އެ ބިން ފަތުރުވެރިކަމަށް ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމާއި ޕްރޮޖެކްޓް ޑިޒައިންކުރުން އަދި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރުމަށް ރީޖަނަލް އެއާޕޯޓްސް އާ ވަނީ ހަވާލުކޮށްފަ އެވެ. 

އަދި، ފަތުރުވެރިންނަށް ކުއްޔަށް ދޫކުރާ ކޮޓަރިތައް ހެދުމާއި ފަތުރުވެރިންނަށް ބޭނުންވާ ރެކްރިއޭޝަނަލް ހިދުމަތްތައް ވެސް އެއްބަސްވުމުގެ ދަށުން ގާއިމުކުރާނެ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ މި މަޝްރޫއަށް އިންވެސްޓަރުން ހޯދައި، މި އަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފަ އެވެ.

ފުވައްމުލަކުގައި 13،000 މީހުން ދިރިއުޅޭ އިރު އެ ސިޓީއަށް މިހާރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް