ads
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް-- ފޮޓޯ: ޕީއެސްއެމް ނިއުސް
އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ބައްޓަންކުރަނީ ހުރިހާ ގޭބިސީއަކަށް ވާސިލުވެވޭ ގޮތަށް
ސަރުކާރުގެ އަމާޒަކީ މުޖުތަމަޢުގެ އެއްވެސް ފަރާތެއް ބާކީކުރުމެއް ނެތި، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުން ކަމުން އެކަން މިހާރު ބައްޓަންކުރެވެމުން ދަނީ މުޖުތަމައުގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް، އާއިލާއަކަށް އަދި ގޭބިސީއަކަށް ވާސިލުވެވޭނެ ގޮތަށް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށް ގެންދިޔަ "ސޯޝަލް ޕްރޮޓެކްޝަން އިވެލުއޭޝަން ވޯކްޝޮޕް" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް ގާތްގަނޑަކަށް 3.9 ބިލިއަން ރުފިޔާ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން އޭގެ ތެރެއިން 1.3 ބިލިއަން ރުފިޔާ ހާއްސަ ކުރެވިފައި ވަނީ ބޭސްފަރުވާއަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމަށް ކަމަށެވެ.

އޭގެ އިތުރުން އިތުރު 1.3 ބިލިޔަން ރުފިޔާ އުމުރުން ދުވަސްވީ މީހުނަށް ހާއްސަކުރެވިފައިވާއިރު، އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ހަރަދުތަކަށް 1.2 ބިލިޔަން ރުފިޔާ ހާއްސަކުރެވިފައިވާ ކަމަށެވެ.

އަދި މި ކަމުން ވެސް މުޅި މުޖުތަމައުގެ ހަމަހަމަކަމާއި ހަމަޖެހުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާކަން ހާމަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ގިނަ އެހީތަކެއްގެ ފައިދާ މުޖުތަމައަށް ލިބެމުންދާކަމަށެވެ. ނަމަވެސް އެއީ ހައްގުވާ ބައެއް އާއިލާތަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ތެރެއިން ފޯރުކޮށްދޭ އެހީތެރިކަމުގެ މައުލޫމާތު ފުރިހަމައަށް ފޯރާފައިވުމުގެ އިތުރުން، ހައްގުވެރި ނޫން ބައެއް ފަރާތްތަކުން ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިދާ ނަގަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

އެހެންވެ އެ ނިޒާމު ގަވައިދުން ބަލައި ހައްގުވެރިންނަށް އެހީ ކަށަވަރުކުރުމުގެ ގޮތުން މޮނިޓާކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް