ads
ރުބިއާލޭސް
ރުބިއާލޭސް ހައްޔަރުކޮށްފި
ކޮރަޕްޝަންގެ ތަހުގީގުގެ ތެރެއިން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލޭސް ހައްޔަރުކޮށްފި އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްވެސް މިހާރުވެސް ހިނގަމުންދާ ރުބިއާލޭސް ހައްޔަރުކޮށްފައިވަނީ ޑޮމިނިކަން ރިޕަބްލިކުން މެޑްރިޑަށް އައިތަނުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ބޯޓުން ފޭބުމާއެކު ސިވިލް ގާޑުގެ ބައެއް މެމްބަރުންނާއެކު ކަޅުކުލައިގެ ވޭންއަކަށް އަރުވައިގެން އޭނާ ގެންދިޔައީއެވެ.

ރުބިއާލޭސްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ސްޕެނިޝް ސުޕަ ކަޕް މުބާރާތް ބޭއްވުމަށް ނިންމި ނިންމުންތަކާ ގުޅޭ ކަންތައްތަކެއް ހިމެނެއެވެ.

ސްޕެއިންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކުޅުންތެރިއަކަށް ދޮނެއް ދިން މައްސަލައިގައި، ރުބިއާލޭސްގެ މައްޗަށް ތަހުގީގު މިހާރުވެސް އަންނަނީ ހިނގަމުންނެވެ. 

ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ރުބިއާލޭސްވަނީ ވޯލްޑްކަޕަށް ފަހު ހިނގައިނދިޔަ މި ހަދިސާއާ ގުޅިގެން މަގާމުން އިސްތިއުފާ ދީފައެވެ. އަދި އޭނާ ހުރީ ފީފާއިން ސަސްޕެންޑްވެސް ކޮށްފައެވެ. މި މައްސަލައިގައި ސްޕެއިންގެ ޕްރޮސިކިއުޓަރުން އަންނަނީ ރުބިއާލޭސްއަށް މަދުވެގެން ދެ އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވަން ޖެހޭ ކަމަށް ވަކާލާތު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް