ފުލުހުން ބުނީ މި އެކްސިޑެންޓް ހިނަގާފައިވަނީ މިއަދު ހަވީރު އެއާޕޯޓު ޕޭ ޕާކިން ސަރަހައްދުން ކަމަށެވެ.
އެއާޕޯޓު ޕޭ ޕާކިން ސަރަހައްދުން ނިކުތް ސައިކަލެއް އެއާޕޯޓް އިން ނިކުންނަން ދިޔަ ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:20 ގައި ކަމަށް އެފަރާތުން ބުނެ އެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގެ މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުން ކަމަށެވެ.