މުއިވެޔޮ ފްރެންޑްސް ފައިނަލަށް ދިޔައީ މިއަދު ހަވީރު ސިފައިންގެ ކްލަބު އެއް ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ. މި މެޗުގައިވެސް ނައިބު ރައީސް ކުޅުއްވިއެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ، ދަ ގްރާންޑޭ ހުޅުމާލެ ވެޓެރަންސް ކުލަބެވެ. ހުޅުމާލޭ އަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.
35 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ.