އެޗްޑީސީން އަންގާފައިވަނީ ފޭސް 3 ގެ ގޮތުގައި ހިއްކަމުންގެންދާ ސަރަހައްދުގެ ސައިޓް ބީގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށެވެ.
އުޅަނދުތައް ނަގަން ޖެހޭ ސަރަހައްދުތައް ފާހަގަކޮށްފައިވާ ކުރެހުމެއް ވެސް އެޗްޑީސީން މިހާރު ވަނީ އާާންމުކޮށްފަ އެވެ. އަދި އެ ޗާޓުގައި ފާހަގަކޮށްފައިވާ "ސައިޓް ބީ" ގައި އަޅާފައިވާ އުޅަނދުތައް މާދަމާ ރޭ 12:00 ގެ ކުރިން ނެގުމަށް އެ ކުންފުނިން ވަނީ އަންގާފަ އެވެ.
އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގާފައިވަނީ އެ އުޅަނދުތައް އެހެން ސަރަހައްދެއްގައި އެޅޭނެ ޖާގަ ވެސް ހަމަޖެއްސުމަށްފަހު އެވެ.
މި މަސައްކަތުގައި އާންމު ރައްޔިތުންނާއި އުޅަނދުތަކުގެ ވެރި ފަރާތްތަކުން ދެމުންގެންދާ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮޮށްފަ އެވެ.