ads
އީދު ނަމާދު
އީދު ނަމާދު 22 މިސްކިތެއްގައި، 4 ބޮޑު ޖަމާއަތް
މިފަހަރުގެ އީދު ނަމާދު މާލޭ ސަރަހައްދުން 22 މިސްކިތެއްގައި ކުރަން ނިންމާ މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާގޮތަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ކޮންމެ އަހަރެއްގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި މިސްކިތުގެ އިތުރުން ހުސް މައިދާންތަކުގައި އަންނަނީ ކުރަމުންނެވެ. އެގޮތުން މި އަހަރުވެސް މިސްކިތްތަކުގެ އިތުރުން 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެއެވެ.

ބޮޑު ޖަމާއަތުގައި ނަމާދުކުރާ ތަންތަން 

  • މާފަންނު ސްޓޭޑިއަމް 
  • ވިލިމާލެ ފުޓްބޯޅަ ދަނޑު 
  • ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑު 
  • ހުޅުމާލެ ފޭސް 2 ކްރިކެޓް ދަނޑު 

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މޫސުން ގޯސްވެ ބޮޑު ޖަމާއަތް ކެންސަލް ކުރަން ޖެހިއްޖެނަމަ މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެކަމަށެވެ. 

ރާއްޖޭގައި އާއްމުކޮށް ދެ އީދު ނަމާދުކުރަމުން އަންނަނީ ހެނދުނު 07:30 ގައެވެ. ސަރުކާރުން ވަނީ މި ގަޑިއަށް ބަދަލު ގެންނަވާފައެވެ. އަލަށް ގެނައި ބަދަލާއި އެކު މިއަހަރުގެ ފިތުރު އީދު ނަމާދު ފަށާނީ 07:00 ގައިކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް