ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުން އިންޓަމިޔާމީ ބަލިވީ، މޮންޓްރޭއާ ދެކޮޅަށް ކުޅެ ދެ ލަނޑު އެއް ލަނޑުންނެވެ.
މި މެޗު އިންޓަމިޔާމީއަށް ގެއްލުނީ އެ ޓީމުން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި އިދިކޮޅު ޓީމުން ޖެހި ދެ ލަނޑާއެކުއެވެ. މި މެޗުގައި ލިއޮނަލް މެސީ ކުޅެފައި ނުވި ނަމަވެސް ލުއިސް ސުއަރޭޒް، ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ކުޅުނެވެ.
މި ދެ ޓީމު ބައްދަލު ކުރާ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގައެވެ. އެ މެޗުން މޮޅުވެގެން ނޫނީ ސެމީގެ ފުރުސަތެއް މިއާމީއަކަށް ނެތެވެ. މޮޅުވާން ޖެހޭނީވެސް އެގްރިގޭޓް ނަތީޖާއިންނެވެ.