ގާނޫނުގައި ބުނާ 10000 މެމްބަރުން ހަމަވެ މިއަހަރުގެ ބަޖެޓުން ފައިސާ ލިބެނީ ޖުމްލަ 6 ޕާޓީއަކަށެވެ. އެއީ އެންމެ މެމްބަރުން ގިނަ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާއި ވެރިކަން ކުރާ ޕީއެންސީގެ އިތުރުން ޕީޕީއެމްއާއި އަދާލަތާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއެވެ.
މި ޕާޓިތަކުގެ ތެރެއިން ފައިސާ ދޫކުރުމަށް ނުފޮނުވަނީ ވެރިކަންކުރާ ޕީއެންސީއާއި އެމްޑީޕީއަށެވެ. ޕީއެންސީއަށް ފައިސާ ދޫކުރަން ފޮނުވާފައި ނުވަނީ އެޕާޓީގެ ފައިސާ ޖަމާކުރާނެ އެކަައުންޓް ނަމްބަރެއް އަދި ހަމަޖެހިފައި ނުވާތީކަމަށް އިލެކްޝންންސް ކޮމިޝަނުން ބުނެއެވެ.
އިދިކޮޅު އެމްޑީޕީގެ ފައިސާ ޖަމާކުރަން ފޮނުވާފައި ނުވަނީ އެޕާޓީގެ އަހަރީ ރިޕޯޓު މިދިޔަ ހަފްތާގައި ލިބުމުން ބަލަން ޖެހޭ ކަންކަން ބެލުމަށްކަމަށްވެސް އީސީން ބުނެއެވެ. އަދި އަންނަ ހަފްތާތެރޭ އެ ޕާޓީއަށް ފައިސާ ޖަމާކުރާނެކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
މިއަހަރުގެ ބަޖެޓުން ފާޓީތަކަށް ފައިސާ ލިބޭ އަދަދު
ރިޔާސީ ރޭހަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުންނެވިިއިރު ޕީއެންސީގައި 4000 މެމްބަރުންވެސް ހަމައެއް ނުވެއެވެ. އެހެންނަނަމަވެސް ވެރިކަމަށް ވަޑައިގެން 4 ހަފްތާތެރޭ އެޕާޓީގެ މެމްބަރުންގެ އަދަދު 10 ހާހަށް އަރާފައިވާކަމަށް އޭރު އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނެ ސިޔާސީ ޕާޓީތައް ކަނޑައަޅަނީ އެ އަހަރަކަށް ލަފާ ކުރާ ބަޖެޓް ފާސްކުރުމުގެ ކުރިން 10 ހާސް މެމްބަރުން ހަމައަށް ތިބޭ ޕާޓީތަކަށެވެ.
މިހާރު 10 ހާސް މެމްބަރުން ހަމަވާ ޕާޓީތައް
ދައުލަތުގެ ބަޖެޓް ފާސްކުރިއިރު އަދާލަތު ޕާޓީގައި 10 ހާސް މެމްބަރުން ހަމަވިނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާގޮތުން މިހާރު އެޕާޓީގައި ތިބީ 8796 މެމްބަރުންނެވެ.
އީސީގެ ދަފްތަރުގައިގައި މިހާރުވެސް 10 ސިޔާސީ ޕާޓިއެއް އެބައޮތެވެ. އިތުރު ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މި ހަފްތާގައިވަނީ މިވަނީ ދީފައެވެ. އެއީ ރައީސް ޔާމީން އިސްވެ އުފައްދާ "ޕީޕަލްސް ނޭޝަނަލް ފްރަންޓް" އާއި ގއ.ކޮލަމާފުށި/ އޯޝަންރީޑް މުހްއްމަދު އަޒީމް އުފައްދާ "ގްރީން ޕާޓީ އޮފް މޯލްޑިވްސް" އެވެ.