ads
ސްޕޯޓްސް އެވޯޑްސް
ސްޕޯޓްސް އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި
ސްޕޯޓްސް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޕޯޓްސް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން މިއަދު ހުޅުވާލާފައިވާއިރު، ނަން ހުށަހެޅުމުގެ ސުން ގަޑިއަކަށް ކަނޑައަޅާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. 

ސްޕޯޓްސް އެވޯޑް ބާއްވާނެ ދުވަހެއް އަދި މިނިސްޓްރީން އިއުލާން ނުކުރެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް ނަން ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި ސްޕޯޓްސްމަން / ސްޕޯޓްސް ވުމަން އޮފް ދަ އިޔާ އެވޯޑު، ޕެރާ ސްޕޯޓްސްމަން / ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް، ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް، މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)، ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް، ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)، ކޯޗް އޮފް ދަ އިޔަރ އެވޯޑް ( އަންހެން / ފިރިހެން)، ޔަންގް ސްޕޯޓްސްމަން / ޔަންގް ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން) އަދި ސްޕޯޓްސް ވިޒުއަލް އާޓިސްޓް އޮފް ދަ އިޔަރ ހިމެނެއެވެ.

ސްޕޯޓްސް އެވޯޑް ހަފްލާއަށް މިދިޔަ ސަރުކާރުގައި ބޮޑު ހޭދައެއްކޮށް، ބޭރުގެ މަޝްހޫރު ތަރިން ގެނެސްފައިވީނަމަވެސް މި ސަރުކާރުން އެ އިވެންޓް ގެންދާނެ ގޮތުގެ ތަފްސީލެއް އަދި ހާމަ އެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް