ޕީންއެފްގައި 3000 މެމްބަރުން ހަމަވުމުން ޕާޓީ އުފައްދަން ބޭނުންވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުއްދަދީފަ އެވެ.
މިއާއި ގުޅިގެން ޕީއެންއެފްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިންގެ އިސް ވަކީލު މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުގައި ޕީޕީއެމްގެ މެމްބަރުންގެ އެބަތިބިކަމަށާއި އެ މެމްބަރުންގެ މާޔޫސްކަން އޮތްކަން އެންގިވަޑައިގަންނަވާކަމަށެވެ. އަދީ ޕީއެންއެފް އުފެދުމާއި އެކު މި ޕާޓީވެގެންދާނީ އެ މެމްބަރުންގެ އުއްމީދަކަކަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ޕީއެންއެފް ވެގެންދާނީ ރައީސް ޔާމީންގެ ތަސައްވަރާއި އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން ހިނގާ ޕާޓިއެއްކަމަށެވެ. އަދި ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވާކަމުގައި އުއްމީދު އެބައޮތްކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.
ޕާޓީ އުފައްދަން ބާއްވާ ތާރީހު ވަރަށް އަވަހަށް އިއުލާންކުރާނެކަމަށްވެސް ޕީއެންއެފުން ބުނެ އެވެ.