އެންމެ ފަހުގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ހުޅުމާލެ ފައިނަލަށް ދިޔައީ މިއަދު ހަވީރު ދެ ލަނޑު ސުން ލަނޑުން ދަ ގްރާންޑޭ ބަލިކޮށްގެނެވެ.
ވެޓެރަންސް ލީގުގެ ފައިނަލުގެ ފައިނަލުގައި ހުޅުމާލެ ކުޅެން ޖެހޭނީ ފުރަތަމަ ސެމީން މޮޅުވެގެން ފައިނަލަށް ދިޔަ މުއިވެޔޮ ފްރެންޑްސްއާ ދެކޯޅަށެވެ. މުއިވެޔޮ ފްރެންޑްސް ފައިނަލަށް ދިޔައީ ސެމީގައޮ ސިފައިންގެ ކްލަބު އެއް ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ.
35 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ.