ހަތް މީހަކަށް ބޭނުންވާ މަސް ކުރޮޅި ހަދާނެ ތަކެތި:
1 ޖޯޑު މުގުރި ހިކިމަސް
½ ކާށި (ބޮޑު) ނުވަތަ 1 ކުރޮޅި (ބޮޑު)
5 ހިކިމިރުސް (ނޫނީ ބޭނުން ވަރަކަށް)
3 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް
1 ބޮޑު ފިޔާ
¼ ޖޯޑު ހިކަނދިފަތް
1 ލުނބޯ (ނޫނީ ބޭނުން ވަރަކަށް)
½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
ތައްޔާކުރާނެގޮތް:
ތަވައެއް އުނދުން މައްޗަށް އުދާލާފައި ކާށިކޮޅު ތަވާގައި އަތުރާލާފައި އަންދާނުލާ ކުޑަކޮށް ފިހެލާށެވެ.
ފިޔާ، ލޮނުމެދު، ހިކި މިރުސް، ގިތެޔޮމިރުސް، އަސޭމިރުސްހިކަނދިފަތް އެއްކޮށް މިކްސަރގައި ނުވަތަ ވަނުން މުގުރާލާށެވެ.
ދެން ލޮނާއި ލުނބޯހުތްކޮޅާއި އެކު ރަނގަޅަށް މޮޑެލާށެވެ. ރަހަ ބަލަމުން މޮޑޭނަމަ ރަހަ ހެޔޮވަރު ކުރަން ފަސޭހަވާނެއެވެ.