ads
ރޮނާލްޑޯ
ރޮނާލްޑޯ އަނެއްކާވެސް ރެކޯޑަކާ ދިމާލަށް
ހަތަރު ލީގެއްގައި ޓޮޕް ސްކޯރަރގެ މަގާމު ހޯދާ ފުރަތަމަ ކުޅުންތެރިއަކަށް ވުމުގެ ފުރުސަތު ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށް މުޅިން އާ ރިކޯޑަކާ ދިމާލަށް ރޮނާލްޑޯ މިސްރާބު ޖަހައިފިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މި ސީޒަނުގައި ސައުދީ ޕްރޯ ލީގުގެ މި ވަގުގެ ޓޮޕް ސްކޯރައރއެވެ. އޭނާ 29 ލަނޑު މިހާތަނަށް ޖަހާފައިވާއިރު، ލީގުގައި ބާކީ އޮތީ ނުވަ މެޗެވެ. 

ޜމި ނުވަ މެޗުގައި ރޮނާލްޑޯގެ ރެކޯޑް ހިފަހައްޓައިފިނަމަ އޭނާ ވެގެންދާނީ ހަތަރު ގައުމެއްގައި ރަން ބޫޓު ހޯދާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ލީގުގައި ބާކީ ނުވަ މެޗު އޮތްއިރު، މި ސީޒަނުގައި ސައުދީ ޕްރޯ ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ ރޭހުގައި ރޮނާލްޑޯ އޮތީ އަލެކްސަންދަ މިޓްރޮވިޗްއާ ހަތަރު ގޯލުގެ ފަރަގެވެ.

ރޮނާލްޑޯވަނީ މެންޗެސްޓަރ ޔުނައިޓެޑުގައި ހޭދަކުރި މުއްދަތުގައި ޕްރިމިއަ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު 2007-2008 ސީޒަންގައި ހޯދާފައެވެ. އޭގެ ގަހުން 2010-2011 ސީޒަންގައި ރެއާލް މެޑްރިޑަށް ކުޅެ ސްޕެނިޝް ލީގުގެ ރަން ބޫޓު ހޯދާފައެވެ. އަދި އޭގެ ފަހުން 2020- 2021 ސީޒަންގައި ޔުވެންޓަސްއަށް ކުޅެ އިޓަލީގައިވެސް ރަން ބޫޓު ހޯދާފައެވެ.  

ރޮނާލްޑޯއާ އެކު ޔޫރަޕްގެ ތިން ލީގެއްގެ ގޯލްޑަން ބޫޓު ހޯދި ހަމައެކަނި ކުޅުންތެރިންނަކީ ލުއިސް ސުއަރޭޒް އާއި ރޫޑް ވެން ނިސްޓެލްރޫއީ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް