ދަމު ނަމާދު ފަށާނީ ދަންވަރު 2 ޖަހާއިރުއެވެ.
މި ރޯދަމަހު ޝަހީމް ގެންދެވީ ހުޅުމާލޭގައި ހުންނަ މަސްޖިދު ރަޝީދުގައި އިމާމްވެ ތަރާވީސް ކުރައްވަމުންނެވެ. އެހެންނަމަވެސް ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ، ސިއްހީ މައްސަލައަކާ ހެދި ޝަހީމް ވަނީ އިމާމުވެ ތަރާވީހު ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.
މި ރޯދަމަހު މާލޭ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދުކުރާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ. އެގޮތުން މާލޭގެ 18 މިސްކިތެއްގައި ދަމު ނަމާދުކުރާނެއެވެ. ވިލިމާލޭގައި ދަމު ނަމާދުކުރާނީ 3 މިސްކިތެއްގައެވެ. ހުޅުމާލެ ފޭސް 1 ގެ 8 މިސްކިތެއްގައި އަދި ފޭސް 2 ގެ 3 މިސްކިތެއްގައި ދަމު ނަމާދު ޖަމާއަތުގައި ކުރާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.