ads
ރާއްޖޭގެ ހާރިޖީ ވަޒީރު މިނިސްޓަރު މޫސާ ޒަމީރާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު
ކޯޓާ އިތުރުކޮށްދިނުމަކީ އެކުވެރިކަން ބަދަހިކަމުގެ ރަމުޒެއް : ޒަމީރު
އިންޑިއާއިން ޒަރޫރީ ބާވަތްތައް އެތެރެކުރުމުގެ ފުރުސަތު ރާއްޖެއަށް ދިނުން ދޭހަކަޮށްދެނީ ދެ ގައުމުގެ މަދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިިކަމުގެ ރަމުޒެއްކަމަށް ހާރިޖީ ވަޒީރު މުސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ޒަރޫރީ ކާތަކެއްޗާއި ހިލަވެލީގެ ކޯޓާ، ރާއްޖެއަށް މީގެކުރިން ނުދޭ މިންވަރަށް އިތުރުކޮށްދިންކަމަށް އިންޑިއާއިން ވަނީ ހާމަކޮށްފައެވެ. އަދި މިއީ 1981 ވަނަ އަހަރު ހާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. 

މި ނިންމުމާއި ގުޅިގެން ހާރިޖީ ވަޒީރު މޫސާ ޒަމީރުވަނީ އެމަނިކުފާނުގެ އެކްސްގައި އިންޑިއާއަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި މި އަހަރާއި އަންނަ އަހަރަަށް އިންޑިއާއިން ކޯޓާ އިތުރުކޮށްދިނުމަކީ ދެ ގައުމުގެ އެކުވެރިކަން ބަދަހިކަމުގެ ރަމުޒެއްކަމަށް މުސާ ޒަމީރު ވަނީ ފާހަގަކުރައްވާފައެވެ. 

"ހަގީގަތުގައި ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އޮތް ވަރުގަދަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ އިޝާރާތެއް." ހަރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

އިންޑިއާއިން ނިންމާފައިވަނީ އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޯޓާ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރު ކުރުމަށް ކަމަށާއި އެއީ 25 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެގައުމުން ބުނެއެވެ. 

މީގެ އިތުރުން ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުގެ ކޯޓާ 5 ޕަސެންޓް އިތުރުކޮށްދީފައިވާ ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފައެވެ. މި ބާވަތްތަކުގެ އެކްސްޕޯޓަށް މިއަހަރު ގެންނަ ކޮންމެ ބަދަލަކުން ވެސް މި ކޯޓާ އިސްތިސްނާ ވާނެކަކަމަށްވެސް އިންޑިއާން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް