ads
އިންޑިއާގެ އިދިކޮޅު ޕާޓީ ކޮންގެރެސް
ރާއްޖެ އާ އަލުން ގުޅުން ރަގަޅު ކުރަން ކޮންގްރެސް މެނިފެސްޓޯގައި ހިމަނައިފި
ރާއްޖެ އާ އަލުން ގުޅުން ރަނގަޅު ކުރަން އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ހިމަނައި ރާއްޖެ އާ އެކު ގުޅުން ރަނގަޅު ކުރަން ކޮންގްރެސް ޕާޓީން ވައުދު ވެއްޖެއެވެ.
Advertisement

މިދިޔަ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާ ދެމެދު ވަރަށް ގާތް ގުުޅުމެއް އޮތް ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގައި މި ގުޅުމުގައި ވަނީ ކުނިޖެހިފައެވެ. 

ރިޔާސީ އިންތިހާބުގެ ދުވަސްވަރު "އިންޑީއާ އައުޓް" ނަމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ މުޒާހަރާތަކެއް ބާއްވާފަ އެވެ. 

ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން އިންޑިއާއަށް ވަނީ ބަހުގެ ހަމަލާތަކެއްވެސް ދެއްވާފައެވެ.  ރާއްޖެ ކުޑަވުމަކީ ރާއްޖެއަށް "ބުލީކުރުމުގެ" ލައިސަންސެއް ނޫންކަމަށް ވިދާޅުވެ، ރައީސް މުއިއްޒު އިންޑިއާގެ ނަން ވިދާޅުނުވެ އިންޑިއާއަށް ފާޑު ވިދާޅުވެފައެވެ. 

މީގެއިތުރުން އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް އަމާޒުކޮށް ސަރުކާރު އިސް މަގާމުތަކުގައި ތިއްބެވި ބައެއް ސިޔާސީ މީހުންވަނީ ވަރަށް ހުތުރުކޮށް ފާޑު ކިޔާ ފުރައްސާރަކޮށްފައެވެ.  

ކޮންގްރެސް ޕާޓީން ހުށައެޅި މެނިފެސްޓޯގައި ބުނީ ރާއްޖޭ އާއި އިންޑިއާ ގުޅުން އަލުން ރަނގަޅު ކުރާނެކަމަށް ބުނެފައެވެ. އަދި ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި ގުޅުން އިތުރަށް ބަދަހި ކުރަން ވެސް ކޮންގެރެސްގެ މެނިފެސްޓޯގައި ހިމަނާފައި ވެއެވެ. 

ރާއްޖޭގެ އިތުރުން އެންމެ އަވައްޓެރި ގައުމުތަކާއި އޮންނަ ގުޅުންތައް އިތުރަށް ރަނގަޅުކުރުމަށް ސަމާލުކަން ދޭން ވެސް ކޮންގްރެސް މެނިފެސްޓޯގައިވެއެވެ. އޭގެތެރޭގައި ބަންގްލަދޭޝް، ނޭޕާލް ސްރީލަންކާ ހިމަނާފައިވެއެވެ.

ހަތް ފިޔަވައްސަކަށް ބަހާލއިގެން ކުރިޔަށްދާ އިންޑިއާގެ އާއްމު އިންތިހާބު އޮންނާނީ މިމަހުގެ 19 އިން 1 ޖޫންގެ ނިޔަލަށެވެ. އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް