ads
ވިކްޓަ އޮސީމަން
ޕީއެސްޖީން އޮސީމަން ގެންނަނީ
ޕީއެސްޖީން ނަޕޯލީގެ ވިކްޓަ އޮސީމަން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީން ތައްޔާރަށް އޮތީ ވިކްޓަރ އޮސީމަންގެ ނަޕޯލީގެ ރިލީޒް ކްލޯޒް ކަމަށް ރިޕޯޓްކޮށްފައިވާ 111.5 މިލިއަން ޕައުންޑް ދައްކައިގެން އަންނަ ސީޒަނަށް އޭނާ ގެނައުމަށެވެ. މިއީ ޕީއެސްޖީގެ ފޯވާޑު އެމްބާޕޭ އެ ކްލަބު ދޫކޮށްލާތީ އެމްބާޕީގެ ރިޕްލޭސްމެންޓަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮސީމަން ނަޕޯލީއާ އެކު، ހަދާފައިވާ ކޮންޓްރެކްޓްގެ ބާކީ އަދި ދެ ސީޒަން އެބައޮތެވެ. އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ނައިޖީރިއާއަށް އުފަން އޮސީމަންއަކީ، އިޓާލީ ފުޓްބޯޅަ ކުޅުންތެރިންގެ އެސޯސިއޭޝަނުން ހޮވި މިދިޔަ ސީޒަނުގެ ކުޅުންތެރިޔާގެ މަގާމާއި އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިޔާއެވެ.

އޮސީމެން ވިދާލީ 2015 ވަނަ އަހަރު އޮތް 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތަށް ފަހު ޖަރުމަންގެ ވުލްފްސްބާގް އިން އޭނާ ގެންދިޔައެވެ. އެ އަށް ފަހު ބެލްޖިއަމްގެ ޗާލެރޯއީ އަށް ކުޅުމަށް ފަހު، އޭނާ ފްރާންސްގެ ލިލް އަށް ބަދަލުވީ 2019 ވަނަ އަހަރެވެ. އޮސީމެން 75 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި ނަޕޯލީ އަށް ބަދަލުވީ 2020 ވަނަ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް