އައިޑީ ކާޑު އޮފީހުގައި ބެހެއްޓި ފަންޑު ފޮއްޓަށް ލިބުނު ފައިސާއިން ޣައްޒާ ރައްޔިތުންނަށް ރޯދަ ވީއްލުމެއް ދީފިއެވެ.

Advertisement
ޑިޕާޓްމެންޓް އޮން ނޭޝަނަލް ރެޖިސްޓްރޭޕޝަން (ޑީއެންއާރު) ގައި ބެހެއްޓި ފޮއްޓަށް ލިބުނު ފައިސާ އެ އިދާރާއިން ހޭދަކުރީ ހާލުގައި ޖެހިފައިވާ ޣައްޒާ ރައްޔިތުންނަށެވެ.
އެ އިދާރާއިން ބުނީ އެ ފޮއްޓަށް ލިބުނު ފައިސާއިން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް 175 ރޯދަ ވީއްލުމަށް ޕެކޭޖް ހަދިޔާކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެ ފަންޑު ފޮއްޓަށް ލިބުނީ ކިހާ ފައިސާއެއް ކަމެއް އި އިދާރާއަކުން ނުބުނެއެވެ.
އައިޑީ ކާޑު ޔުނިޓުން ޣައްޒާ ރައްޔިތުންނަށް ހަދިޔާ ކުރި ރޯދަވީއްލާ ޕެކޭޖްތަކަށް ބޭނުންވާ ކެއުން ތައްޔާރުކުރަނީ
ޑީއެންއާރުން ހަދިޔާކުރި ފައިސާއިން ޣައްޒާ ރައްޔިތުންނަށް ރޯދަ ވީއްލުމަށް ހާއްސަ ޕެކޭޖްތައް ހެދުމަށް ބޭނުންވާތަކެތި ހޯދާ އެތަކެތި ތައްޔާރުކުރާތަން ފެންނަ ފޮޓޯތައް އެކަމުގައި އުޅުނު ފަރާތްތަކުން ވަނީ އާއްމުކޮށްފައެވެ. ޣައްޒާ ރައްޔިތުންނަށް ހަދިޔާ ކުރި ޕެކޭޖްތައް ތައްޔާރުކޮށްފައިވަނީ އެ މީހުންނަށް ކެއުމަށް ކަމުދާ ބާވަތްތައް ބޭނުންކޮށްގެންނެވެ.