ads
އެމްބާޕޭ ފްރާންސްގެ ރައީސްއާއެކު
އޮލިމްޕިކްސްއިން އެމްބާޕޭ ފެންނާނެ ކަމަށް އުއްމުދީކުރެވޭ
ޕެރިހުގައި މި އަހަރު އޮންނަ އޮލިމްޕިކް ގޭމްސްގައި ފްރާންސްގެ ކީލިއަން އެމްބާޕޭ ކުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ހުކުރު ދުވަހު ވިދާޅުވީ ކުރިއަށް އޮތް ޕެރިސް އޮލިމްޕިކްސްގައި ގައުމީ ޓީމުގެ ކެޕްޓަން ކައިލިއަން އެމްބާޕޭއަށް އޭނާގެ ގައުމަށް ކުޅެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އޮލިމްޕިކް ގޭމްސްގައި ކުޅެވޭނެ ކަމަށް އުންމީދު ކުރަން،" ފްރާންސްގެ ވެރިރަށް ޕެރިހުގެ ސްކޫލަކަށް ކުރެއްވި ދަތުރުފުޅުގައި ދަރިވަރުން ސުވާލު ކުރުމުން މެކްރޮން ބުންޏެވެ.

މީގެ ކުރިން އެމްބާޕޭ ވަނީ ގޭމްސްގައި ފްރާންސް ތަމްސީލު ކުރަން ބޭނުންވާކަން ސާފުކޮށްދީފައެވެ. ނަމަވެސް ރެއާލް މެޑްރިޑުން އެ ޓީމުގެ އެއްވެސް ކުޅުންތެރިއަކު އޮލިމްޕިކްސްގައި ބައިވެރިވުމަށް ދޫނުކުރާނެ ކަމަށް ބުނުމާއެކު، ރިއާލް އަށް ބަދަލުވާން ތައްޔާރުވެފައިވާ އެމްބާޕޭއަށް އޮލިމްޕިކްސްގައި ނުކުޅެވުމަކީ އެކަށީގެންވާ ކަމެވެ.

އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގައި ކޮންމެ ސްކޮޑަކަށް 23 އަހަރުން މަތީގެ ތިން ކުޅުންތެރިންނަށް ހުއްދަދޭ އިރު، ބައިނަލްއަގްވާމީ މެޗުތަކަށް ފީފާއިން ދޫކުރާން ކްލަބުތަކަށް ލާޒިމުވާ މުބާރާތްތަކުގެ ތެރޭގައި އޮލިމްޕިކްސް ނުހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް