ads
މަޖިލިދސް ކެމްޕެއިން ޖަލްސާއެއްގައި އަބްދުއްރަހީމު ވާހަކަދައްކަވަނީ
އެއްގޮތަކަށްވެސް ހޮވަން ހެޔޮނުވާވަރުގެ 20މީހުން ވާދަކުރޭ: އަބްްދުއްރަހީމް
ރައްޔިތުން މަޖިލީހަށް އެއްްގޮތަކަށްވެސް ހޮވަން ހެޔޮނުވާވަރުގެ 20 މެމްބަރުން މި އިންތިހާބުގައި ވާދަކުރާކަމަށް ސަރުކާރުގެ ފަރާތުން ފޮނަދޫ ދައިރާއަށް ވާދަކުރާ ކެންޑިޑޭތް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސްހެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް ރޭ އޮތް އޭނާގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަމުން ވިދާޅުވީ އޭރުގެ ސަރުކާރުން ގޮތް ނެނގޭ އެގްރިމެންޓްތައް ހަދާ ގައުމުގެ މާލިއްޔަތު ހުސްކޮށްލުމުގެ ކަންބޮޑުވުންތަކުގެ ވާހަކަ އިދިކޮޅުގައި އޮވެ ޕީޕީއެން ޕީއެންސީން ދެއްކިކަމަށެވެ. 

އަދި އެކަންކަމާއި ދެކޮޅަށް ބަހެއް ބުނަން ނުކުރުނު މީހުން މަޖިލީހަށް ހޮވުނީމާ ވާނެގޮތް ވިސސްނަން ޖެހޭކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ އެއްގޮތަށްކަށްވެސް މަޖިލީހަށް ހިވަން ހެޔޮނުވާވަރުގެ ވިއްސަކަަށް މެމްބަރުން މި އިންތިހާބުގައި ވާދަކުރާކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ އެ މެމްބަރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ހުރި ނަމަ ގައުމު މިހާރު މިއޮތް ހާލަތަށް ނުދިޔައީސް ކަމަށެވެ. އެހެންކަމުން ސަރުކާރަށް އެއްބާރުލުން ލިބޭ މެމްބަރުން ހޮވައިގެން ނޫނީ އުފާވެރި މުސްތަގުބަލެއް ނުހޯދޭނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ރައީސް ޑރ. މުއިއްޒާއެކު ނުކުތީ ތަސައްވަރެއް ހިފައިގެން.. އޭގައި ހަގީގީ ކުލަ ޖައްސަން ބޭނުންވޭ. އޯގާތެރިކަމާއެކު ހިދުމަތްކުރަން ބޭނުންވޭ. ރައްޔިތުން ބޭނުންވާ ހަމަޖެހުން ގާއިމްކުރަން ބޭނުންވޭ. ޕީއެންސީގެ ކެންޑިޑޭޓުން މި ސަރުކާރަށް އުނދަގޫވާނެ އެއްވެސް ކަމެއް ނުކުރާނެ." ސަރުކާރު ކެންޑިޑޭޓުން ހޮވަންޖެހޭ ސަބަބުތައް ބަޔާންކުރަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ރޭވެސް ވަނީ ސިޔާސީ އިސްލީޑަރުންނަށް ނުސީދާކޮޑސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރަށް ކިތަންމެ ފާޑެއް ކިޔަސް ޖެހިލުމެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ މީހުން އައިސް އަބަދު އެއްބަޔަކު ނުތިބޭނެ =ކަން ގަބޫލުކުރަންޖެހޭކަމަށާއި ތިމާމެން ނޫން އެހެން މީހަކަށް ކަންކަން ނޭގޭނެކަމަށް ދެކުމަކީ އެއީ އެބައެއްގެ ޖާހިލުކަންކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"އެއީ ފިތުރަތުގެ ގާނޫނު ނިޔާކުރާ ގޮތެއް ނޫން. އިރުއަރާ އޮއްސެމުންދާ ވަރަކަށް ދުވަސްތައް ތަކުރާރުވަމުންދާނެ. އެއާއެކު ބަދަލުތައް އަންނަމުންދާނެ. އަޅުގަނޑުމެންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަންނަ ބަދަލުތައް ހެޔޮ ހިތުން ގަބޫލުކުރުން. ތިމާމެން ނޫން އެހެން މީހުންނަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް ހީވާކަމަށްވަންޏާ އެފަދަ ބަޔަކީ ޖާހިލުކަމުގެ އިންތިހާއަށް ގޮސްފައި ތިބި މީހުން." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްހެ ޖަލްސާގައި ބައިވެރިވަޑައިގެން ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމަށް ވަރަށް ތައުރީފުކުރައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ސިޔާސި ސިޔާސީ ގޮތުން އެމަނިކުފާނު އެންމެ ފަހުވެރިވާ ބޭފުޅަކީ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ވިދާޅުވި އެވެ. މަޖިލިސް މެންބަރެއްގެ ގައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއްގެ އިތުރުން ރައްޔިތުންނަށް އޯގާތެރިކަމާއެކީގައި ހިދުމަތް ކުރުމާއި އިހްލާސްތެރިކަން ހުރި ހަމައެކަނި މެމްބަރަކީ އަބްދުއްރަހީމްކަން ރައީސް މުއިއްޒު ވަނީ ސިފަކުރައްވާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް