ads
ރާއްޖެއަށްވެސް ހަނދު ފެނުން ދުރު - ފޮޓޯ: އަލްޖަޒީރާ
މާދަމާ އިރުކޭތައެއް، ހަނދު ފެނުން ދުރު
މާދަމާއަކީ މި ރޯދަމަހުގެ 29 ވަނަދުވަހު އެވެ. ކަލަންޑަރު ދައްކާގޮތުން މިއަހަރުގެ ފިތުރު އީދުވަނީ އޭޕްރިލް 10 އެކެވެ. އެހެންކަމުން މާދަމާރޭ ހަނދު ބެލުން ނުވަތަ ސާބިތުކުރުން އޮންނާނެއެވެ.

އެހެންނަމަވެސް ހަނދު ފެނުން ދުރުކަމަށް ސައިންސްވެރިން ދެކެއެވެ. ސަބަބަކީ މާދަމާ ދުނިޔޭގެ އެކި ހިސާބުތަކަށް ފެންނަ އިރުކޭތައެވެ. 

އިރުކޭތަ ފަސް ގަޑިއިރާއި ހަ ގަޑިއިރުގެ ވަގުތަކަށް ދެމިގެންދާނެތީ ފަލަކުން ހަނދު ފެނުމަކީ ނާދިރު ކަމެއް ކަމުގައި ސައިންވެރިން ބުނެއެވެ. 

ރާއްޖެއަށްވެސް ހަނދު ފެނުން ދުރެވެ. ސަބަބަކީ މާދަމާ އިރު އޮއްސުމުގެ 19 މިނެޓް ކުރިން ހަވީރު 5:57 ގައި ހަނދު އޮއްސޭނެ ކަމަށް ދައްކައެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަވީރު 6:00 ގައި ހަނދު އޮއްސޭނެކަމަށް ދައްކާއިރު އެންމެ އެއަށްވުރެވެސް ކުރިން 5:56 ގައި ހަނދު އޮއްސޭނެކަމަށް ދައްކައެވެ.

ހަނދު ބެލުމުގައި ރާއްޖެއިން ބަލާ ސައުދީއަށް ވެސް މާދަމާ ހަނދު ފެނުނުން ދުރެވެ. ސަބަބަކީ މައްކާއަށްވެސް މާދަމާ އިރުއޮއްސުމުގެ 11 މިނެޓް ކުރިން ހަނދު އޮއްސޭނެއެވެ. 

އެހެންކަމުން މި ފަހަރު މީ 30 ރޯދައިގެ ރޯދަމަހެއްކަމަށް ބެލެވެއެވެ. އީދު ވާނީ ކަލަންޑަރުގައި ވާ ގޮތަށް ބުދަ ދުވަހުއެވެ. އީދު މުބާރިކް 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް