ބަޔާން ރޭ ބަލިވީ ހައިޑިންހައިމް އަތުންނެވެ. ބަޔާން މި މެޗުން ބަލިވީ ތިން ލަނޑު ދެ ލަނޑުންނެވެ. އެވެސް ބަޔާނުން ދެ ލަނޑު ޖަހައި ކުރި ހޯދާފައިވަނިކޮށް ހައިޑިންހައިމުން ފަހަތުން އަރައި ޖެހި ތިން ލަނޑާއެކުއެވެ.
މި މެޗުގެ ފުރަތަމަ ހާފު ބެޔާނުން ނިންމާލީ ދެ ލަނޑުގެ ލީޑަކާ އެކު އެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން ގާތްގަނޑަކަށް 10 މިނެޓް ތެރޭ ހައިޑިންހައިމްއިން ނަތީޖާ ހަމަހަމަ ކުރި އެވެ.އޭގެ ފަހުން މިނެޓެއް ނުވަނީސް ޓިމް ކްލައިންޑީސްޓް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީ އަދި ޓީމު މޮޅުކޮށް ދިން ލަނޑު 79 ވަނަ މިނެޓްގައި ޖެހި އެވެ.
މި ނަތީޖާއާއެކު ހުރިހާ އުފަލެއް އޮތީ ލެވަކޫސަންއަށެވެ. ލީގުގައި ލެވަކޫސަނަށް އޮތީ ބާކީ ހަ މެޗެވެ. ހަ މެޗުން ތިން ޕޮއިންޓް ހޯދައިގެން އެ ޓީމަށް ލީގު ލިބޭނެއެވެ.