ހޮނިހިރު ދުވަހު މެޖަރ ލީގު ސޮކާގައި އިންޓަމިޔާމީ އެއްވަރުވީ ކޮލޮރާޑޯ ރެޕިޑްސްއާ ދެކޮޅަށް ކުޅެ ދެ ލަނޑު ދެ ލަނޑުންނެވެ.
މިއީ އަނިޔާގެ ސަބަބުން ކުޑަ ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް މެސީ ކުޅުނު ފުރަތަމަ މެޗެވެ. އަނިޔާގެ ސަބަބުން އާޖެންޓީނާގެ ކުޅުންތެރިޔާ ނުކުޅޭތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެއްޖެއެވެ.
މި މުއްދަތުގެ ތެރޭގައި އިންޓަމިޔާމީ ކުޅުނު ހަތަރު މެޗުގައިވެސް މެސީ ނުކުޅެއެވެ. އޭގެ ތެރޭގައި ކޮންކަކާފް ޗެމްޕިއަންސް ކަޕްގެ ކުއާޓާ ފައިނަލުގައި ބުދަ ދުވަހު އަމިއްލަ ދަނޑުގައި މެކްސިކޯގެ މޮންޓެރީ އަތުން ބަލިވި މެޗުވެސް ހިމެނެއެވެ.