ސޯޝަލް މީޑިއާގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، ވިދާޅުވީ ކުށަށް ޒިންމާވާން ޖެހޭ އުމުރު ދަށް ކުރުމުގެ ބަދަލުގައި ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަންވީ ހަގު އުމުރެއްގެ ކުދިން ކުށުގެ ވެއްޓަށް ދިއުމުން ސަލާމަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށެވެ. ކުޑަކުދިންނާއި އާންމުންގެ ސަލާމަތަށްޓަކާ އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ސީޕީގެ ވާހަކަތައް މި ގޮތަށް މިއައީ ކުޑަކުއްޖަކަށް މިސްކިތެއްގެ ތެރޭގައި އަނިޔާކުރި މައްސަލައެއް ބޮޑުވެ މުޅި ގައުމުގެ ސަމާލު ކަމަށް އެކަން އައިސްފައިވަނިކޮށެކެވެ.
އެކަންތަކާ ގުޅިގެން ސަރުކާރުން ވަނީ ކުށްކުރާ ކުދިންނަށް 15 އަހަރު ނުވާ ނަމަ، އަދަބު ނުދެވޭ ގޮތަށް އޮތްއޮތުން އުވާލައި، ކުށަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ނިންމައިފަ އެވެ.