މި ރޯދަމަހަށް ސައުދީ ސަރުކާރުން ރާއްޖެއަށް 55 ޓަނު ކަދުރު ހަދިޔާކުރިއެވެ. ސައުދީން ރާއްޖެއަށް ހަދިޔާ ކުރި ކަދުރާ ހަވާލުވެ އެކަމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރެއްވީ މިދިޔަ މަހުގެ 21 ގައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ސައުދީން ހަދިޔާކުރި ކަދުރުތައް ބެހުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށެވެ. ކަދުބު ބެހުމަށް ނިންމާފައިވަނީ 3 ހަފްތާއަކަށް ބަހާލައިގެންނެވެ.
ކަދުރު ބަހާ ދުވަސްތަކާއި ގަޑިތައް
މާލޭ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާީ ކަންތައްތަކާއި ބެހޭ ވުޒާރާގެ މައި އޮފީހުންނެވެ. އަދި ކަދުރު ބަލާ އަންނައިރު އައިޑީ ކާޑު ގެނަައުމަށް އެ ވުޒާރާއިން އެދެއެވެ.