ads
ކްރިކެޓް ކާނިވަލްގެ ތެރެއިން
ކޮމްޕެނީ މުބާރާތުގެ ސެމީ ފައިނަލް މިއަދު
ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕްބޯލްގެ ސެމީ ފައިނަލުން ހަތަރު ޓީމު ފުރުސަތު ހޯދައިފިއެވެ.

ސެމީގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ގްރޫޕް އޭއިން ލަގްޒަރީ ލެގޫންސް އާއި ގްރޫޕް ބީން ލޮޓެމް ޝިޕިން (އަހިންޝަކާ) އާއި، ސީ މާސްޓާ ލައިންސްގެ އިތުރުން ގްރޫޕް ސީން އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ. ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ޓީމުގެ އިތުރުން، ހަތަރުވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމެކެވެ.

މި މުބާރާތުގައި އާދިއްތަ ދުވަހު ހަވީރު ވަނީ ގްރޫޕް ސީގެ ފަހު މެޗުތައް ކުޅެފައެވެ. މީގެ ތެރެއިން ފުރަތަމަ މެޗުން ފަތަހަ ސްޓާސް މޮޅުވީ އެސްޓީއޯއާ ވާދަކޮށް 18 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން އެސްޓީއޯ ގަސްދުކުރީ ހޮވުމަށެވެ. ފަތަހަ ސްޓާސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 119 ލަނޑު ހަދާފައެވެ. ޖަވާބުގައި އެސްޓީއޯ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 101 ލަނޑެވެ.

ގްރޫޕް ސީގެ ފަހު މެޗަށް އަނަކީ ސްޕޯޓްސް ކުލަބު ގަޑިއަށް ހާޒިރުނުވުމުން, އެ މެޗުން އެމްއެޗްއޭ މޮޅުވީ ކަމަށް އަމްޕަޔަރުން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލަގްޒަރީ ލެގޫންސް އާއި ސީ މާސްޓާވެ. އަދި ދެވަނަ މެޗުގައި އަހިންޝަކާ ނުކުންނާނީ އެސްޓީއޯއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް