ads
ޓެކްސީއެއް -ފޮޓޯ: ސޯޝަލް މީޑިއާ
އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މިއަހަރު ވެސް އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާ ކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގައި ހިނގާފައި އުޅޭ ވަގުުތަކުގެ ގޮތުގައި ހަމަޖެއްސީ އީދު ދުވަހުގެ ހަވީރު 4އިން 6އަށެވެ. މީގެ ކުރިން ބައެއް އަހަރުތަކުގައި ވެސް އަމަލުކޮށްފައިވަނީ ހަމަ މި ގޮތަށެވެ.

އެހެންކަމުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކެއްގައި އެވަގުތުގައި އިންޖީނުލީ އަދި ބެޓެރީ ވެހިކަލް ދުއްވުން މަނާ ވާނެ އެވެ.

އަދި އެ ވަގުތުގައި އިމަޖެންސީ ހަލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ހާއްސަ ސްޓިކާއެއް ދޫކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. ކައުންސިލުން ބުނީ އެ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައިން އެފަދަ ހިދުމަތްތައް ދޭ ވެހިކަލްތަކަށް މިއަދާއި މާދަމާ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ސްޓިކާ ދޫކުރަމުންދާނެ ކަމަށެވެ.

ކައުންސިލުން އިތުރަށް ބުނެފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގައި އީދު ދުވަހު ހަވީރު ވެހިކަލް ދުއްވާ މީހުންނާމެދު ގާނޫނީ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. 

ކަލަންޑަރުގައި ބުނާ ގޮތުގައި މި އަހަރުގެ ފިތުރު އީދަށް ވާނީ އަންނަ ބުދަ ދުވަހެވެ. ރޯދަ މަސް ނިމެން ދާތީ، މާލެ ސަރަހައްދު އީދަށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް