ads
ލ ކައްދޫ
ލ ކައްދޫގައި އިހުސާސްކުރެވޭ ހޫނުމިން 39 ޑިގްރީއަށް އަރައިފި
ލ އަތޮޅު ކައްދޫގައި އިހުސާސްކުރެވޭ ހޫނުމިން 39.3 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހާމަކުރި މައުލޫމާތުން ހާމަވެއްޖެއެވެ.
Advertisement

މިއަދު މެޓް އޮފީހުން ހާމަކުރި ތަފާސްހިސާބުތަކުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ރިކޯޑުކުރެވުނު އެންމެ މަތީ އިހުސާސްކުރެވޭ ހޫނުމިނެވެ.

މެޓް އޮފީހުން މިއަދު މެންދުރު 14:00 ގައި ނެރުނު ތަފްސީލްތަކުގައިވާ ގޮތުން، ލ. ކައްދޫގައި އަސްލު ހޫނުމިން ހުރީ 32.6 ޑިގްރީ ސެލްސިއަސްގައި ނަމަވެސް، އިހުސާސްކުރެވޭ ހޫނުމިން 39.3 ޑިގްރީއަށް އަރާފައިވެއެވެ. މީގެ އިތުރުން، ހދ. ހަނިމާދޫގައި އިހުސާސްކުރެވޭ ހޫނުމިން 37.0 ޑިގްރީގައި ހުރިއިރު، މާލެ ސަރަހައްދުގައި 36.8 ޑިގްރީގައި ހުރިކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް އިހުސާސްކުރެވޭ ހޫނުމިން އަސްލު ހޫނުމިނަށްވުރެ މަތީގައި ހުރިކަމަށެވެ. ގދ. ކާޑެއްދޫގައި އިހުސާސްކުރެވޭ ހޫނުމިން 34.8 ޑިގްރީގައި ހުރިއިރު، ސ. ގަމުގައި 32.0 ޑިގްރީގައި ހުރިކަމަށް ވަނީ ހާމަކޮށްފައެވެ.

މެޓް އޮފީހުން އިތުރަށް ބުނީ އިހުސާސްކުރެވޭ ހޫނުމިން ބިނާވަނީ އެ ސަރަހައްދެއްގެ އަސްލު ހޫނުމިނާއި ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތަށް ކަމަށެވެ. ވައިގެ ތެތްކަން މަތިވުމުން އިންސާނުންނަށް އިހުސާސްކުރެވޭ ހޫނުމިން އިތުރުވެގެންދާކަން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް