ads
މިނިސްޓަރު ޝަހީމް
މިސްކިތްތަކުގެ އިމާމުން ފިގުހުވެރިވުމަކީ ވަރަށް މުހިންމުކަމެއް: އިސްލާމިކް މިނިސްޓަރު
މިސްކިތްތަކުގެ އިމާމުން ފިގުހުވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި ފިގުހުވެރިވުމަކަށް ކޮންމެހެން މާ މަތީ ޑިގްރީއެއް އޮތުން ލާޒިމު ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ވިދާޅުވީ ފަރުޟު ނަމާދު ކުރާ ނަމަ، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރު ކުރުމާއި، ޖަމާއަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުދިން ރޯއަޑު އިވިއްޖެ ނަމަ ނަމާދު އަވަސް ކުރުމާއި، މިސްކިތް ކައިރީގައި އެހެނިހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގޭގޭ ހުރި ނަމަ ތާޅަ ފިއްޔަށް ނަމާދު ކުރާ އަޑު ނުޖެއްސުމާއި އެއީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށް އުނދަގޫވެދާނެތީއާއި ކައިރި ގޭގޭގައި ނަމާދުކުރަން ތިބޭ އަންހެނުންނާއި ބަލިމީހުންނާއި ނިދާފައި ތިބޭ ކުޑަކުދިންނަށް ދަތިވެދާނެތީ ކަމަށެވެ.

"އެއް ބަޔަކު އަނެއް ބަޔަކަށް ގުރުއާން ކިޔެވުމުގައި އަޑު އުފުލައި އުނދަގޫވާ ގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމެއް" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ނަމާދު ވަގުތު އިއުލާންކުރުމަށް ތާޅަފިލީގެ އަޑު އެކަށީގެންވާ މިންވަރެއްގައި ބަހައްޓަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން، މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތްތަކުގެ އިމާމުން ފިގުހުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޖަމާއަތުގައި ނަމާދުކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރުކުރުމާއި، ކުޑަކުދިން ރޯ އަޑު އިވިއްޖެނަމަ ނަމާދު އަވަސްކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ ވަރަށް މުހިންމުކަމެކެވެ. ފިގުހުވެރިވުމަކަށް ކޮންމެހެން މާ މަތީ ޑިގްރީއެއް އޮތުން ލާޒިމެއް ނޫނެވެ. އަޙްކާމްތަށް ތަޠްބީގުކުރުމަށް ދެނެގަތުން ފުދެއެވެ. މިސާލަކަށް 7.00 ޖަހާއިރު ޢީދު ނަމާދު ފަށާއިރު، 7.00 ތެދުވެ ވަގުތުން ހަށަން ބަނުމުގެ ބަދަލުގައި 7.00 ކުރިން ތެދުވެ 7.00 ވާއިރަށް ބޮޑުވެގެންވާ އެޖަމާާއަތުގެ ސަފުތައް ތަރުތީބުކޮށްލެވޭނެހައި ވަގުތު އޮތްވައި ތެދުވެ ސަފުތަރުތީބު ކުރުމަށް ޖާގަ ދިނުމެވެ. " ޝަހީމް ލިޔުއްވާފައިވެ އެވެ.

މިނިސްޓަރުގެ މި ވާހަކަފުޅުތައް ދައްކަވާފައިވަނީ ހުޅުމާލޭގެ އަޒީޒާގެ މިސްކިތުގެ އިމާމާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތް އީދު ނަމާދަށް ހާޒިރުނުވި މައްސަލައިގައި އެ ދެފަރާތް 5 އަހަރު ދުވަހަށް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި އިމާމުވެ ނަމާދު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވަނިކޮށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ފިގުހުވެރިވުމަކީ ޝަރުއުގެ ހުކުމްތައް އެ ވަގުތެއްގެ ހާލަތުގައި ކަން އޮތް ގޮތުގެ މައްޗަށް ފައްތައި އަމަލުކުރުމަށް ދަނެގަތުން ކަމަށެވެ.

50%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް