އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ހައުސް އިން ބުނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުމުގެ މަސައްކަތް އިއްޔެއިން ފަށައިގެން ކުރިއަށް ދާއިރު މިއަދުގެ ނިޔަލަށް އެ ތަކެތި ބެހުން އަމީނިއްޔާ ސްކޫލުގެ ހޯލުގައި ކުރިއަށްދާނެ ކަމަށެވެ.
އެތަނުގައި ގޮވާމުން ޒަކާތް ބަހާނީ މާލޭގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނި ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ ޒަކާތަށް ގޮވާމުން ލިބުނު ތަކެތި ބެހުން މިއަދާއި މާދަމާ ކުރިއަށް ދާނީ އަމީނިއްޔާ ސްކޫލްގެ ހޯލްގައި ކަމަށެވެ. ތަކެތި ބެހުން މިއަދު ކުރިއަށް ދާނީ ހެދުނު 11:00 އިން ހަވީރު 4:00 އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.
ޒަކާތު ހައުސް އިން ބުނީ ތަކެތި ބަހާނީ މާލޭގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށް ކަމަށެވެ.