އޭޕްރީލް 8 2011 ގައި ދެކުނު ކޮރެއާގެ އެސްއެމް އެންޓަޓެއިންމަންޓްއިން އުފެއްދި އެކްސޯ އަކީ އިރުމަތީ އޭޝިއާއިން ފެށިގެންގޮސް ދެކުނު އެމެރިކާއަށް މިއަދު ބަލާލިނަމަވެސް އެބައެއްގެ ނަމުގެ އަޑު ނަންނުކެނޑޭ މަޝްހޫރުު އަދި ހުނަރުވެރި ގްރޫޕެކެވެ.
2011 ގައި މަމާ ކިޔާ ޓައިޓަލް ލަވަކުން ޑެބިއުޓް ކުރި 9 މެމްބަރުން ހިމެނޭ އެކްސޯއާ އަށް އެއިރު މާބޮޑު ތަރުހީބެއް ނުލިބުނެވެ. މަޝްހުރު ގިނަ އާޓިސްޓުުން އުފައްދާ މައި ކުުންފުނި އެސްއެމް އަށް އެތަށް ފާޑުކިޔުންތަށްވެސް އަމާޒުވިއެވެ. ނަމަވެސް މިއަދުގެ ހާލަތަށް ބަލައިލިައިފިނަމަ އެކުންފުންޔަށް އެންމެ ބޮޑު ޕްރޮފިޓް ހޯދައިދެމުން އަންނަނީ އެކްސޯއެވެ.
އާ ލަވައަކަށް 24 ގަޑިރު ތެރޭގައި 20 މިލިއަން ޔޫޓިއުބް ވިއުސް ހޯދުމަކީ އެކްސޯއަށް މާއުނދަގޫކަމެއް ނޫނެވެ. އެކްސޯގެ މަޝްހޫރު ލަވަ ލަވް ޝޮޓް އަށް ބަލައިލައިފިނަަމަ މިހާރުވެސް އެ ލަވައަށް ދުވާލަކަށް 100 ވިއުސް އަށް ވުރެއް މަތިން ލިބޭ އެވެ. އަދި ޔޫޓިއުބްގެ ޖުމްލަ ވިއުސްއަށް ބަލައިލައިފިނަމަ ހަމައެކަނި ލަވް ޝޮޓް ގެ ވިއުސް އެކަނިވެސް އުޅެނީ 600 މިލިއަނަށް ވުރެއް މަތީގައި އެވެ.
އެކްސޯގެ އަލްބަމްތަށް ބިލްބޯޑްގެ 1 ވަނަ އެތައްފަހަރެއްގެ މަތިން ހޯދާފައިވެ އެވެ. ނިކުންނަ ކޮންމެ އަލްބަމަކަށް 1 މިލއަނަށްވުރެއް ކޮޕީ ވެސް ވިކެމުންދެ އެވެ. ކޭޕޮޕް އަކީ އާންމުގޮތެއްގައި މޮޅު ނެށުމަކާ އަޑު އަހާހިއްވާ ހަކަލަ ބެލުންތެރިންގެ ޝައުގު އަތުލާ ފަދަ ލަވަ ތައް އުފައްދާ ޖޯންރާއެކެވެ. ނަމަަވެސް އެކްސޯ އެންމެ ހާއްސަ ވަނީ އެ 9 މެމްބަރުންގެ ވަރުގަދަ ރީތި އަޑުތަކުގެ ސަބަބުންނެވެ. ކޮންމެ އަލްބަމެއްވެސް ތަފާތެވެ. އެމީހުންގެ އަޑުތަކުން ލަވައިގެ މިއުޒިކް ބޭނުންގޮތަކަށް ބައްޓަންކޮށްލައެވެ.އެއްސޯއާ އެއް ފަންތިއަކާ ވާދަކުރަމުން އަންނަ އެހެން ލަވަކިޔުުންތެރިންވެސް އެކްޒޯއާ ޖެލެންޖް ކުރަން ޖެހިލުންވެ އެވެ.
މިއަދު އެކްސޯ އަކީ އެއް ގްރޫޕް އެއް ގޮތުގައި އޮތްނަމަވެސް ބައެއް މެމްބަރުންނަކީ އަމިއްލަ ކުންފިތައް އުފައްދައިގެން އެތަންތަނުގެ ސީއީއޯއިންނެވެ. ކޭޕޮޕް އިންޑަސްޓްރީ ގައި ކުރިއަރަމުންއަންނަ ޅަ ގްރޫޕް ތައް އެކްޒޯ މިސާލަކަށް ދެކި އިހްތިރާމްކުރެ އެވެ.
2023 ވަނަ އަހަރުގެ ނިޔަލަށް އެކްޒޯގެ ނެޓް ވޯކްއަކީ 1 ބިލިއަން ޔޫއެސް ޑޮލަރެވެ. 0.2 ސިކުންތުތެރޭ އޮންލައިންކޮށް އެކްޒޯގެ ކޮންސާޓްއެއްގެ ޓިކެޓްތަށް ވެސް ވިކި ހުސްވެ އެވެ. އެކްޒޯގެ ކާމިޔާބގެ ސިއްރަކީ މިއްނެތް މަސައްކަތާ، އަދި އޯގާތެރިކަން ކަމަށް އެންމެންވެސް ގަބޫލުކުރެ އެވެ.