ads
މަޖިލިސް އިދާރާ
އީ-ޕެޓިޝަން ތައާރަފު ކުރަން އާންމުންގެ ހިޔާލު ހޯދަނީ
ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން އީ-ޕެޓިޝަން) ހުށަހެޅޭ ނިޒާމެއް ގާއިމު ކުރުމުގެ އެކަމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އިދާރާ އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅުގެން ތައާރަފުކުރުމަށް ހަމަޖެހިފައިވާ އީ-ޕެޓިޝަން ނިޒާމުގެ ސިޔާސަތު ކަރުދާހަށް މިއަދުން ފެށިގެން ހިޔާލު ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ޕެޓިޝަން ކޮމިޓީގެ އީމެއިލް އެޑްރެސްގެ ޒަރިއްޔާއިން އަދި މަޖިލީހުގެ އިދާރާއަށް ލިންކެއް ފޮނުވައިގެން ނުވަތަ މި ފޯމުގެ ޒަރިއްޔާއިން ހިޔާލު ހުށަހެޅޭނެ އެވެ.

ހިޔާލު ނުވަތަ ކޮމެންޓު ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 29، ގެ މެންދުރު 12:00 އެވެ. އަދި މި ނިޒާމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މި މަހުގެ 24 އަދި 25 ވަނަ ދުވަހު ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

އީ-ޕެޓިޝަން ސިޔާސަތު ކަރުދާހުގައިވާ ގޮތުން މި ނިޒާމު ގާއިމު ކުރަނީ ގައުމީ ޑިޖިޓަލް އައިޑީ ފަދަ ކާކުކަން އަންގައިދޭ ވަސީލަތެއް މެދުވެރިކޮށް ވަދެވޭ ގޮތަށެވެ. 

އަދި ޕެޓިޝަންގައި ސޮއިކޮށްފައިވާ މީހުންގެ އަދަދަށް ބަލައި، މަޖިލީހުގެ ކޮމިޓީން އަޅަން ޖެހޭނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން 0.5 ޕަސެންޓް މީހުން ސޮއިކޮށް ހުށަހަޅާ ޕެޓިޝަންތަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި 50 ދުވަހުގެ ތެރޭގައި ހުށަހެޅި ފަރާތަށް މަޖިލީހުން ޖަވާބުދާރީވާން ޖެހޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް