ޑިމޮކްރެޓްސް ގެ 3 ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ނަޝީދު ބައިވެރިވަަޑައިގަންނަވާ ޖަލްސާތައް
ދަ ޑިމޮކްރެޓްސްއިން މިފަހަރު މަޖިލީހުގެ 39 ދާއިރާއަކަށް ވާދަކުރައެވެ. އަދި އެންމެ އަންހެން ކެންޑިޑޭޓުން ގިނަ ޕާޓީއަކީވެސް ދަ ޑިމޮކްރެޓްސްއެވެ.
ރައީސް ނަޝީދު ވަނީ މިދިޔަ މަހުގެ 12 ގައި، އެމަނިކުފާނުގެ ސިޔާސީ ކަންކަމުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާންކުރައްވާފައެވެ. އެއަށްފަހު ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް ރައީސް ނަޝީދު ވަނީ ގާނާއަށް ބަދަލުވެވަޑައިގަންފައެވެ.