އެގައުމުގެވެސް އެއްވެސް ހިސާބަކަށް ހަނދު ފެނިފައިއެއް ނުވެއެވެ. އެހެންކަމުން އެގައުމުން ނިންމާފައިވަނީ މާދަމާއަކު މި ރޯދަމަހުގެ 30 ވަނދުވަހުގެ ގޮތުގައެެވެ. އަދި ފިިތުރި އީދަކީ އަންނަ ބުދަކަމަށެވެ.
ރާއްޖެއަށްވެސް ހަނދު ފެނުން ދުރެވެ. ސަބަބަކީ މާދަމާ އިރު އޮއްސުމުގެ 19 މިނެޓް ކުރިން ހަވީރު 5:57 ގައި ހަނދު އޮއްސޭނެ ކަމަށް ދައްކައެވެ. ރާއްޖޭގެ އެންމެ އުތުރަށް ހަވީރު 6:00 ގައި ހަނދު އޮއްސޭނެކަމަށް ދައްކާއިރު އެންމެ އެއަށްވުރެވެސް ކުރިން 5:56 ގައި ހަނދު އޮއްސޭނެކަމަށް ދައްކައެވެ.
އީދަށް ހަންދު ސާބިތުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގައި ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމިޔާތު މިހާރު ފެށިގެން ކުރިޔަށް ދަނީއެވެ.