ސައްވާލު މަހުގެ ހަނދާއި ބެހޭ ގޮތުން އިއްވި ގަރާރުގައި ބުނީ މިރޭ ރާއްޖެެގެ އެއްވެސް ރަށަކަށް ސަރުއީ ހަމަތަކުގެ މަތިން ހަނދު ފެނުނުމުގެ ފުރުސަތު ނެތްކަމަށެވެ. އަދި އިސްމާލީ ގިނަ ގައުމުތަކަށްވެސް މިރޭ ހަނދު ފެނުމުގެ ފުރުސަތުނެތްކަން އިތުބާރު ހުރި ފަލަކީ އިލްމުން ސާބިތުވާކަމަށްވެސް ހަނދާއި ބެހޭ ގަަރާރުގައިވެއެވެ.
ކަލަންދޑަރުގައިވާ ގޮތުންވެސް މިއަހަރުގެ ފިތުރު އީދަކީ އޭޕްރިލްމަހުގެ 10 ވާ ބުދަ ދުވަހެވެ.
ސައުދީ އަރަބިއްޔާއިންވެސް ވަނީ މާދަމާއަކީ މި ރޯދަމަހުގެ 30 ވަނަދުވަހުގެ ގޮތުގައި ކަނޑައަޅާ ޝައްވާލު މަހުގެ 1 ވަނަދުވަހަކީ ބުދަ ދުވަސްކަމަށް ކަނޑައަޅާފައެވެ.