ads
ފޭދޫ އާ ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ރަސްމިއްޔާތުގައި މި ދައިރާއަށް ވާދަކުރާ ސަރުކާރު ކެންޑިޑޭޓް އިބްރާހިމް ދީދީ ބައިވެރިވި. ފޮޓޯ: އެޑިއުކޭޝަން
ފޭދޫ އާސްކޫލް ބިންގާ އަޅައިފި؛ ސަރުކާރު ކެންޑިޑޭޓްވެސް ބައިވެރިވި
އައްޑޫސިޓީ ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަޅާ އެސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އައު ސްކޫލެއް އެޅުމަށް ނިންމީ މދިޔަ ސަރުކާރުންނެވެ. އަދި ސްްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް މުނާސަބަތުގައި ބޭއްވި ޖަލްސާގައި އާ ސްކޫލް އަޅަން ބޭނުންވާ ބިން ސިޓީ ކައުންސިލުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. 

ފޭދޫ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބިން ދީފައިވަނީ، އެރަށުގެ ހިއްކާފައިވާ ސަރަޙައްދުންނެވެ. އަދި ސްކޫލް އިމާރާތްކުރުމަށާއި ސްކޫލްގެ އުމްރާނީ މަސައްކަތަށް ބޭނުންވާ ފައިސާ ވަނީ ބަޖެޓްގައިވެސް ހިމަނާފައެވެ. 

your imageފޭދޫ އައު ސްކޫލް އެޅުމަށް މޭޔަރު ނިޒާރު ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއާ ބިން ހާވާލުކޮށްދެނީ 

ފޭދޫ އާ ސްކޫލްގެ ބިންގާ އަޅާދެއްވާ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއުއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ދާހިލީ ވަޒީރު އަލީ އިހްސާނާއި އެމަނިކުފާނުގެ ބައްޕާފުޅު ފޭދޫ ދެކުނު ދާއިރާއަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓް އިބްރާހިމް ދީދީ (އައިބީ) ބައިވެރިވެޑައިގަތެވެ. 

your imageފޭދޫ ސްކޫލްގެ އިމާރާތްއެޅުމަށް އެސްޖޭ ކޮންސްޓަރަކްޝަނާއި އެކު އެއްބަސްވުމުގައި ސޮއިކުރަނީ 

145,292,400ރ (ސަތޭކަ ސާޅީސް ފަސް މިލިއަން ދެ ލައްކަ ނުވަދިހަ ދެހާސް ހަތަރު ސަތޭކަ (ރުފިޔާއަށް މި މަސައްކަތް ހަވާލުކުރީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ޑިޒައިން އެންޑް ބިލްޓް އުސޫލުން މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 480 ދުވަސްތެރޭގައި ނިންމާގޮތަށްކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ބުނެއެވެ. 

ފޭދޫ ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 1972 ވަނަ އަހަރުއެވެ. އެސްކޫލްގައި މިވަގުތު 581 ދަރިވަރުން ކިޔަވަމުންދާއިރު އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 37 ދަރިވަރުން ހިމެނެބއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް